މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިއުމަށް ހަމަޖެހިފައިވާ ޙާޖީން މިއަދު ފުރަންފަށާނެއެވެ.
މިއަދު ޙައްޖައް ދާން ފުރާނީ މަލީޝާ ޖަމާޢަތުގައި ހައްޖައްދާ 105 މީހުންގެ ތެރއިން 45 މީހުންނެވެ. ހަބަރު ލިބޭގޮތުގައި މިއަހަރު ރާއްޖެއިން ހައްޖައް ދިއުމަށްޓަކައި، 8 ޖާމާޢަތަކަށްވަނީ ޙުއްދަ ދޫކުރެވިފައެވެ. 8 ޖަމާޢަތުގެ ހަވާލުގައި މިއަހަރު ރާއްޖެއިން 1402 ޟިހުން ޙައްޖައް ދިއުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްތްރީއިން ހާމަކުރައްވައެވެ.
މިއަހަރުގެ ހައްޖުގެ މާތް އަޅުކަމާއި ގުޅިގެން ދިއިސްލާމް.ކޮމް އިން ހާއްސަ ކަވަރޭޖް ގެނެސްދިނުމަށް މިދަނީ މަސައްކަތްކުރަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...