ސުވާލު:
ޒަކާތުގެ ތައާރަފަކާއި ޒަކާތުގެ މުހިންމުކަން ބަޔާން ކޮށްދެއްވާ؟؟؟
ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ޒަކާތުން ލިބިދޭ ދީނީ ފައިދާތައް:
- ދުނިޔެ އާއި އާޚިރަތުގައި އިންސާނާގެ ބާއްޖެވެރިކަން ބިނާވެގެންވާ އިސްލާމްދީނުގެ ރުކުނެއް ގާއިމް ކުރުން.
- ޒަކާތުގެ ސަބަބުން ﷲ އާއި ކުއްތަންވެވޭކަން. އަދި އެމީހެއްގެ އީމާންކަން އިތުރުވެގެންދާކަން.
- ޒަކާތް ދިނުމުގެ ސަބަބުން ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވާ މަތިވެރި ދަރުމަ އާއި ޘަވާބު ލިބިގެންދާ ކަން. ސޫރަތުލް ބަގަރާގެ 276 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَمْحَقُ اللَّـهُ الرِّبَا وَيُرْبِي الصَّدَقَاتِ ۗ وَاللَّـهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ) މާނައަކީ: "اللَّه، رِبا އުނިކުރައްވައި، އޭގެ بركات ނެތިިކުރައްވައެވެ. އަދި،صدقات އިތުރު ކުރައްވައެވެ. (އެބަހީ: ދުނިޔޭގައި އޭގެ بركات އިތުރު ކުރައްވައި،آخرة ގައި އޭގެ ދަރުމަ ގިނަގުނަ ކުރައްވައެވެ.) އަދި، ފާފަވެރި، ކޮންމެ كافر އަކު ދެކެ، اللَّه ލޯބިވެ ވޮޑިގެނެއް ނުވެއެވެ." ސޫރަތުއް ރޫމްގެ 39 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَا آتَيْتُم مِّن رِّبًا لِّيَرْبُوَ فِي أَمْوَالِ النَّاسِ فَلَا يَرْبُو عِندَ اللَّـهِ ۖ وَمَا آتَيْتُم مِّن زَكَاةٍ تُرِيدُونَ وَجْهَ اللَّـهِ فَأُولَـٰئِكَ هُمُ الْمُضْعِفُونَ) މާނައަކީ: "އަދި މީސްތަކުންގެ މުދަލުން رِبا ގެ ގޮތުގައި އިތުރުވުމަށްޓަކައި ތިޔަބައިމީހުން ދިން އެއްޗެއް، اللَّه ގެ حضرة ގައި އިތުރުވެގެން ނުދާނެތެވެ. އަދި اللَّه ގެ وجه ފުޅު އެދިގެން زكاة ގެ ގޮތުން ތިޔަބައިމީހުން ދިން އެއްޗަކާމެދު (ދަންނާށެވެ!) އިތުރުކުރާ ބަޔަކީ ހަމަ އެއުރެންނެވެ."
- ޒަކާތް ދައްކަ މީހާގެ ދަހިވެތިކަން ފިލައިދެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (خُذْ مِنْ أَمْوَٰلِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِمْ بِهَا وَصَلِّ عَلَيْهِمْ إِنَّ صَلَوَٰتَكَ سَكَنٌ لَّهُمْ وَٱللَّهُ سَمِيعٌ عَلِيمٌ) މާނައަކީ: "
ޒަކާތުގެ ސަބަބުން ލިބިދޭ އިޖްތިމާޢީ ފައިދާތައް:
- ޒަކާތުގެ ސަބަބުން ގިނަ ފަގީރުންތަކެއްގެ ޙާޖަތްތައް ފުދިގެންދާކަން.
- ޒަކާތުގެ ސަބަބުން މުސްލިމުންގެ ގުޅުންތައް ވަރުގަދަވެގެން ދިޔުން.
- ޒަކާތުގެ ސަބަބުން ފަގީރުންގެ ހިތްތަކުގައި އުފެދިފައިވާ އުދާސްތައް ފިލައިގެން ދިޔުން. ފައިސާވެރިންގެ އަތުގައި ފައިސާހުރެ އެއިން އިސްރާފުކޮށް ހަދަމުން ގެންދާތަން ފަގީރުންނަށް ފެނިއްޖެނަމަ އެބައިމީހުންގެ ހިތްތަކުގައި ނުރުހުންތެރިކަން އުފެދިގެން ދެއެވެ. އެހެންނަމަވެސް އެބައިމީހުންގެ ބޭނުންތައް ފުއްދައި ދިނުމުގައި އެހީތެރިކަން ދޭނަމަ އެބައިމީހުން ވެސް އުފާވެ ހިތްހެޔޮ ކުރާނެއެވެ.
ޒަކާތުގެ ސަބަބުން މުދާ އިތުރުވެ ބަރަކާތް އިތުރުވެގެން ދެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވައެވެ. (ما نقصت صدقة من مال) މާނައަކީ: "ޞަދަގާތް ކުރުމަކުން މުދާ މަދެއް ނުވާނެއެވެ." والله أعلم
ކޮމެންޓް (0)
ލޯޑް ކުރަމުން...