ރާއްޖޭގެ ޚަބަރު

ހިތް ފަސާދަވީމާ ޙަރާމެއް ޙަލާލެއް ނުބަލާނެކަމުގައި ޝެއިޙް ސަމީރު ވިދާޅުވެއްޖެ

ޝެއިޚް ސަމީރު ދަރުސްއެއް ދެއްވަނީ | ފޮޓޯ: އެމްއެންޑީއެފް

ޝެއިޚް ސަމީރު ދަރުސްއެއް ދެއްވަނީ | ފޮޓޯ: އެމްއެންޑީއެފް

ހިތް ފަސާދަވީމާ ޙަރާމެއް ޙަލާލެއް ނުބަލާނެކަމުގައި ޝެއިޙް ސަމީރު ވިދާޅުވެއްޖެއެވެ.

ރޯދައިގެ ހިޔަލުގައި ޕްރޮޤްރާމްގައި "ޙަރާމް ޙަލާލުކަން ދެނެގަތުމުގެ މުހިއްމުކަން" މައްޗަށް  ވާހަކަ ދައްކަމުން ޝެއިޙް ސަމީރު ވިދާޅުވީ "ޙަރާމްކަމަކީ ކޮބައި ކަމާއި، ޙަލާލު ކަމަކީ ކޮބައިކަން ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެއް"ކަމުގައެވެ. "ކޮންމެ ކަމަކީ ޙަރާމްކަމެއްކަން ކީރިތި ޤުރްއާނާއި ޙަދީޘްތަކުގައި ނުހުރޭކަމަށާއި ކީރިތި ޤުރްއާނުގައި މިހުރީ ޢަމުރު ތަކަކާއި ނަޙީތަކެއް، ޙަރާމްކަމަކަށްވާނީ ﷲ ސުބްހާނަޙޫ ވަޠައާލާ ނަޙީ ކުރައްވާފައިވާ ކަމެއް ކުރުމާއި އަމުރު ކުރައްވާފައިވާ ކަމެއް ނުކުރުން"ކަމަށެވެ.

އިތުރަށް ޝެއިޙް ވިދާޅުވީ "ހިތް ފަސާދަވީމާ ޙަރާމެއް ޙަލާލެއް އިންސާނާ ނުބަލާނެ ކަމަށާއި އަދި ޢިލްމުވެރިން ހަރުއަޑުން ކަނޑައެޅިގެން މިކަމަކީ ޙަރާމްކަމެކޭ ކިއަސް، ޙަދިޘްފުޅުތައް ދެއްކިއަސް، އެކަމަކަށް މާބޮޑު އަޅާލުމެއް މިހާރުގެ ބައެއް މީހުން ނެދޭ"ކަމަށެވެ. "ހަރާމް ވަނީ ކޮންމެހެން ޢިލްމުވެރިއެއް ބުނީމާއެއްނޫން އެކަމެއް ޙަރާމްވެއްޖިއްޔާ އެކަމުގެ ޢުޤޫބާތް ﷲ ދެއްވާނެ"ކަމަށެވެ.

ﷲ ސުބްހާނަޙޫ ވަޠައާލާ ނަޙީ ކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވުމާއި، އެކަލާނގެ ވާޖިބު ކުރައްވާފައިވާ ކަންތައްތައް އަދާކުރުން ހުރިހާ ބޭފުޅުން ވެސް ޝެއިޙް ވަނީ ގޮވާލަށްވާފައެވެ..

ގުޅުންހުރި

1 ޚިޔާލު

  1. މާލޭގެ ގިނަސަރައްދު ތަކުގައި ބިލްބޯޑް ތަކުގައި ދީނީ ގޮވާލުންތައް އިސްތިހާރުތަކަށް ވުރެ ގިނައިން ފެންނަ ގޮތަށް ބަހައްޓަންވީ. ޝެއިޚް ވިދާޅުވީ ރަގަޅަށް، އަދި އޭގެ އިތުރުން ހުރިހާކަމެއް ވަރިހަމަ ވާމީހުންނަށްވެސް ހަރާމެއް ހަލާލެއް ނޯންނާނެ

Your email address will not be published. Required fields are marked *