ރާއްޖޭގެ ޚަބަރު ދިވެހި ބަހާ މެދު ޒުވާނުންގެ މެދުގައި ލޯބި ޖެއްސުމަށް ބޭއްވި 'ހޭ ފެސްޓިވަލް' ފޯރިގަދަ ޑީޖޭ އަށް ފަހު ނިންމާލައިފި

ދިވެހި ބަހާ މެދު ޒުވާނުންގެ މެދުގައި ލޯބި ޖެއްސުމަށް ބޭއްވި 'ހޭ ފެސްޓިވަލް' ފޯރިގަދަ ޑީޖޭ އަށް ފަހު ނިންމާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހި ބަހާ މެދު ޒުވާނުންގެ މެދުގައި ލޯބި ޖެއްސުމަށް ބޭއްވި 'ހޭ ފެސްޓިވަލް' ފޯރިގަދަ ޑީޖޭ އަށް ފަހު ނިންމާލައިފިއެވެ.

އަދަބިއްޔާތާއި ގުޅުންހުރި މިފެސްޓިވަލެއް އާރަށުގައި ބާއްވާފައިވާއިރު ފެސްޓިވަލް ނިންމާލާފައިވަނީ ފޯރިގަދަ "ޑީޖޭ މިކްސިން" ޝޯއަކުންނެވެ. ދެޖިންސުގެ މީހުން އެއްވެ ފޯރީގައި ނަށާފައިވާއިރު ބައެއް ފަރާތްތަކުގެ ކިބައިން ފެންނަން ނުވާފަދަ މަންޒަރުތައް ފެނިފައިވާކަމަށްވަނީ މުއުތަބަރު ގޮތެއްގައި ހަބަރު ލިބިފައެވެ. މިޑީޖޭ ބަލަން 10 އަހަރުވެސް ނުފުރޭ ކުޑަކުދިން ތިބިކަމަށްވެސް ހަބަރު ލިބެއެވެ.

އާރަށުގައި ބޭއްވި 'ހޭ ފެސްޓިވަލް" ގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވާއިރު އެފެސްޓިވަލްގައި ތަފާތު ޕްގްރާމްތައް ހިންގާފައިވާކަމަށް ހަބަރު ލިބެއެވެ. ގިނަ އަދަދެއްގެ އަދީބުން ބައިވެރިވެފައިވާއިރު މިފެސްޓިވަލްގައި ދިވެހި ބަހާއި ބެހޭގޮތުންވަނީ މައުލޫމާތު ދީފައެވެ. ހޭ ފެސްޓިވަލްގެ އާރަށުގައި ބާއްވާ ބައި މިރޭ ވަނީ ނިމިފައެވެ. ހަބަރު ލިބޭގޮތުގައި މިއިވެންޓްގައި ލިޔުންތެރިކަމުގެ ފަންނާއި ޅެންވެރިކަމާއި ފިލްމު ހެދުންފަދަ ކަންކަމާއި ބެހޭގޮތުންވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

މިއީ ރާއްޖޭގައި ބޭއްވި ފުރަތަމަ 'ހޭ ފެސްޓިވަލް' އެވެ.

ޓެގް

ލާދީނީ ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.