ސުފުރާ ތައި ސްޓައިލް ފިޝް ކޭކް

ތައި ސްޓައިލް ފިޝް ކޭކް

ތައި ސްޓައިލް ފިޝް ކޭކް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޭނުންވާ ތަކެތި

750ގ. ރަތްމަހުގެ ފިލޭ

1 މޭޒުމަތީ ސަމްސާ އިގުރު ( ގާނާފައި )

1 ރޯ މިރުސް ( ކުދިކޮށް ކޮށާފައި )

2 ލޮނުމެދު ( ގާނާފައި )

2 ފިޔާ ( ކުދިކޮށް ކޮށާފައި )

4/1 ޖޯޑު ކޮރިއެންޑަރ ފަތް

2 ސައިސަމްސާ ލުނބޯ ތޮށި

1 މޭޒުމަތީ ސަމްސާ ފިޝް ސޯސް

1 ބިސް

1 ޖޯޑު ބަތް

310ގ. ޒުވާރި ( ދަޅުގައި ހުންނަ ވައްތަރު )

1 މޭޒުމަތީ ސަމްސާ ބަދަން ތެޔޮ

ތައްޔާރުކުރާނެ ގޮތް

ފިޔާ، އިނގުރު އަދި ލޮނުމެދު މޮޑެލާށެވެ. އެއަށްފަހު ލުނބޯތޮށި، ސޯސް އަދި ބިސް އަޅާ މޮޑެލުމަށްފަހު މަސް އަދި ކޮރިއެންޑަރ ފަތް އެޅުމަށްފަހު ރަގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ބަތް އަދި ކޯން އެއްކުރާށެވެ. 2 މޭޒުމަތި ސަމްސާ ހުންނަވަރުގެ އެތިކޮޅެއްނަގާ ވައްކޮށް ވަށާލާށެވެ. ދެން ކުޑަކުޑަކޮށް ފަތާކޮށްލުމަށް ފަހު ހޫނުކޮށްފައި ހުރި ތަވައެއްގައި ފިހާށެވެ. ރަގަޅަށް ކުލަބަދަލުވެ ރޯފިލަންދެން ތަވާގައި ބަހައްޓާށެވެ.

ޓެގް

ސުފުރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.