ސުފުރާ

ޑޯނަޓް

ބޭނުންވާ ތަކެތި

1 ބިސް

66ގ. މާޖިރިންގ

10ގ. އީސްޓް

500ގ. ފުށް

66ގ. ހަކުރު

7ގ. ލޮނު

50ގ. ހިކި ކިރު

ފެން

ތައްޔާރުކުރާނެ ގޮތް

މާޖިރިންގ ފިޔަވާ އެހެން ހުރިހާ އެއްޗެއް އެއްކޮށްފައި މޮޑެލާށެވެ. އެއަށްފަހު މާޖިރިންގ ކޮޅު އެއްކޮށްލާށެވެ. ރަގަޅަށް ހުރިހާ އެއްޗެއް އެއްކުރުމަށް ފަހު ރަބަރު ކޮތަޅެއްގައި 30 މިނިޓްވަންދެން ބަންދުކޮށްފައި ބަހައްޓާށެވެ. ދެން ރޮށި ދަމާހެން 2/1 އިންޗި ހުންން ވަރަށް ދަމާފައި ކުކީ ކަޓަރ ( ވަށް ) އަކުން ކަފާށެވެ. އަދި އިތުރު 5 މިނެޓް ބެހެއްޓުމަށް ފަހު ތެލުލާށެވެ.

ގުޅުންހުރި

15 ޚިޔާލު

  1. ދަމާނީ ގާތްގަޑަކަށް ކިހާބޯމިނެއްގައި

  2. ވާވް ތޭންކްސް އިހޫ މީ ވަރަށް ބޭނުންވެގެން އުޅުން ރެސިޕީއެއް…

  3. ޑޯނަޓް ހަދަން ރޮށި ދަމާހެން ދަމާކަށް ނުޖެހޭނެ ކަންނޭގެ ދޯ މި އުޅެނީ ކީ އާ ވައްތަރެއްގެ ރޮއްޓެއް ފިހާކަށް ނޫނެއްނޫންތޯ. ރެސިޕީ ތަންކޮޅެއް ރަނގަޅަށް ގެނެސްދިނުން އެދެން، މީހުންނަށް ތަންކޮޅެށް ރަނގަޅަށް އެނގޭގޮތަށް. ޟުކުރިއްޔާ

  4. ވަރަށް ތުނި ކޮއް ތޯ ރޮށި ދަމަންވީ؟؟ ދެން ކަފަންވީ ގޮތްވެސް ބުނެދީފާނަން ތަ؟؟

  5. ސްޕޮންޖު ކޭކް އަޅާ ގޮތް ކިޔާދީބަލަ

  6. ރެސިޕީ ހައްދަވާނެ ގޮތް ތަކޮޅެއް ތަފްޞީލްކޮށް ލިއުއްވުން އެދެން. ދަސްކުރާ ކުދިން ނުވަތަ ކައްކަން ނޭގޭ ކުދިންނަށް އެގޭނީ ތަންކޮޅެއް ތަފްޞީލްކޮށް ބުނެދިނީމާ ކަމަށް ފެންނާތީ ދަންނަވާލީ.

  7. ވާނުވާ ނޭގުން

  8. 10 ގ އީސްޓް ،7 ގ ލޮނު އެއީ ކިތައް ސަމްސާ………

  9. ސަމްސަލަކުން މިނަަނެ ވަރު ކިޔައިދެއްވަފާނަންތޯ؟

  10. އޭ އިހޫ ރޮށި ދަމާހެން ދަމަނީ ކީތްކުތަން؟ އެއޮންނަނީ ވައްކޮށެއްނު؟ އަދި މެދުގަ ލޯވަޅެއްވެސް އިނދޭނު؟ ތަންކޮޅެއް ބޮޑަށް އޮޅުންފިލުވަދީބަލަ ޕްލީސް! އޭރުން މިހަދަން އެނގޭނީވެސް.

  11. ޗޮކްލެޓްމޫސް ހަދާގޮތް ބުނެދީބަލަ!

  12. ޑޯނަޓް ގެ މެދަށް އަލާ ކްރީމް ކޮޅު ހަދާ ގޮތް ވަރަށް އަވަހަށް ގެނެސްދެއްވަންވީ ނުންތޯ؟

  13. ސައިސަމުސަލެއްގައި ހުންނާނީ 10ގ

  14. ޕާންހަދާގޮތް ގެނެސްދީބަލަ

  15. ކުޑަ އައިސިނގް ޝުގާ ކޮޅަކާ އެކު މާޖިރިން އެއްކޮށްލާ އަދި ކުޑަ ކުޑަ ހިކި ކިރުކޮލޙެއް އެއަށް ލީމަ ކްރީމް ހުންނާނީ ރެޑީވެފަ….. ރޮށި ދަމާހެން ދަމާނި އެހާ ތުނިކޮށެއް ނުން… އެކަމަު އާދައިގެ ވަރަކަށް ދަމާފަ ވަށްކޮށް ކަފާލާފަ މެދުން ވެސް ނުޒުލްއެއް ބޭނުން ކޮށްގެން ލޯވަޅެއް ހެން ކަފާލާނީ ދެން އެއަށްފަހު 5 މިނެޓް ބަހަށްތާލާފަ ތެލުލާނީ ބްރައުން ވަންދެން ދެން ތެލު ލެވުނީމަ ދެން ހިހޫން ވެލަން ދެން ބަހަށްތާފަ ހިހޫން ވީމަ އަރިމަތިން ކަފަލާފަ ކްރީމް ކޮޅު އަލާނީ

Your email address will not be published. Required fields are marked *

More in ސުފުރާ