ރޯދަމަހު ރޭގަނޑު ތާސް ކުޅުމަކީ ކޮންކަހަލަ ކަމެއްތަ؟
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ތާސްކުޅުމުން ދުރުވެގަތުން ރައްކާތެރިކަން ބޮޑެވެ. ތާސްކުޅުންފަދަ ކުޅިވަރު ތައް ހުއްދަކަމަށް ވިދާޅުވާ ބޭފުޅުން ޝަރުޠުތަކެއް ކަނޑައަޅުއްވައެވެ. އޭގެރޭގައި މާތްﷲ ހަނދުމަ ކުރުމުން އެއްކިބާ ނުކުރުމާއި، ތިމާ އަދާކުރަންޖެހޭ ވާޖިބެއް އަދާކުރުމަށް އެކަމުގެ ސަބަބުން ފަރުވާ ކުޑަ ނުވުމާއި، ނަމާދު ފަސްކޮށްފައި ނުތިބުމާއި، މަގުމަތީގައި ނުކުޅުމާއި، ދޮގާއި މަކަރާއި އަދި އެނޫންވެސް ދީނުގައި މަނާ އެއްވެސް ކަމެއް އެކުޅިވަރެއްގެ ތެރޭގައި ނުވުމާއި، އެކަން ދެވިހިފާވަރަށް ނުކުރުމާއި މިފަދަ ޝަރުޠު ތަކެވެ. މީގެ މާނައަކީ ތާސްކުޅުން އޭގެ ޒާތުގައި ޙަރާމް ކަމަކަށް ނުވި ނަމަވެސް ޢާންމުގޮތެއްގައި ތާސްކުޅެވޭ ގޮތާއި ކުޅޭ މީހުންގެ ޙާލަތު ހުންނަގޮތުން އެކަމަކީ އޭގެ ސަބަބުން ނުބައި އަސަރުތަކެއް ކުރުވާ ކަމަކަށް ވާތީ އެކަން ހުއްދަ ނުވެދާނެއެވެ. ތާސް ކުޅުން ޙަރާމް ވުމާއި މެދު އެއްވެސް ޙަދީޘެއް ވާރިދުވެފައިވާ ކަމެއް އެނގިފައެއް ނުވެއެވެ.
والله أعلم

















ޚިޔާލު