ރުހުން ނުދޭނެ ވަޒީރުންގެ ނަންތައް ޑިއާރުޕީއިން ހާމަކޮށްފިއެވެ.
ސަރުކާރުގެ ވަޒީރުންގެ ތެރެއިން 'ރުހުން ނުދޭނެ' ވަޒީރުންގެ ނަންތައް ޑީއާރުޕީއިން ހާމަކޮށްފައިވަނީ އެޕާޓީއިން ބާއްވަމުންދާ ސިލްސިލާ މުޒާހަރާއެއްގައެވެ. އެޕާޓީގެ ނައިބް އުމަރު ބުނެފައިވަނީ، "ފޮރިން މިނިސްޓަރ ޑރ.އަހްމަދު ޝަހީދް، ޑިފެންސް މިނިސްޓަރ އަމީން ފައިސަލް، އެޑިއުކޭޝަން މިނިސްޓަރ ޑރ.މުސްތަފާ ލުތުފީ އަދި ހޯމް މިނިސްޓަރ މުހައްމަދު ޝިހާބަށް ރުހުން ނުދޭނެ." ކަމަށެވެ. ޑީއާރުޕީ ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައިވާއިރު މަޖިލީސް މެދުވެރިކޮށް ބައެއް ވަޒީރުން ފޭލް ކޮށްލުމަށް ތައްޔާރު ވަމުން އަންނަ އިރު ސަރުކާރުގެ ބައެއް ވަޒީރުންނާއި މެދު ރައްޔިތުންވެސް ދަނީ އަޑު އުފުލަމުންނެވެ. އޭގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ ޑރ މުސްތަފާ ލުތުފީއެވެ.
ހަބަރު ލިބޭގޮތުގައި މިމައްސަލަ އެޖެންޑާކޮށްފައިވަނީ އަންނަ ބުދަ ދުވަހުގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...