އަފްޣާނިސްތާނުގެ ސަރުކާރުން ތާލިބާނުންނާއި އެކު މަޝްވަރާ ކުރަން ފަށައިފިކަމަށް އަފްޣާނިސްތާނުގެ ރައީސް ހާމިދު ކަރުޒާއީ ކަށަވަރު ކޮށްދީފިއެވެ.
އަފްޢާނިސްތާނުގައި ކުރިއަށްދާ ހަމަނުޖެހުންތަކަށް އަވަސް ނިމުމެއް ގެނައުމާ ބެހޭގޮތުން ދެފަރާތުން އަނެއްކާވެސް މަޝްވަރާ ކުރަން ފަށާފައިމިވަނީ އަފްޢާނިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނުންގެ ހަމަލާތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައެވެ. ތާލިބާނުންގެ ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބެމުންދަނިކޮން މިފަދަ މަޝްވަރާތަކެއް ފެށީ "އެހެންގޮތެއް ނެތިގެން" ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
އަފްޢާނިސްތާނުގެ ސަރުކާރާއި ތާލިބާނުންގެ ވާހަކަތައް ފެށުމާއި އެކު ހަމަލާތައްވަނީ މަޑުޖައްސާލާފައެވެ.
އަފްޣާނިސްތާނުގެ ސަރުކާރުން ތާލިބާނުންނާއި އެކު މަޝްވަރާ ކުރަމަށް އެމެރިކާއިންނާއި ކުރީގެ ރައީސް މުޝައްރަފުވެސް ވަނީ މަރުހަބާ ކިޔާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...