ހުޅަނގު އަފްޣާނިސްތާންގެ ހަރަކާތެރިވަމުންދިޔަ އަފްޣާނިސްތާނުގައި އެމެރިކާއިން ޤާއިމުކޮށްފައިވާ ގޮނޑިކޮއްކޮ ސަރުކާރުގެ ފުލުހުންގެ އިސް އޮފިސަރަކާއި އަދި އިތުރު 12 ފުލުހުން އަފްޣާނިސްތާނުގެ މިނިވަންކަމަށްޓަކައި ޖިހާދަކުރައްވާ ޠާލިބާނުންގެ ހަރަކާތާއި ގުޅިއްޖެއެވެ.
މިހިތްވަރުގަދަ އޮފްސަރަކީ ބާލާ ބުލޫކު ސަރަހައްދުގެ ޖެކްޕޮއިންޓެއް ބެލެހެއްޓުމާއި ހަވާލުވެހުރި އޮފިސަރަކެވެ. މި އޮސިފަރާއެކު އޭނާގެ ޔުނިޓްވެސް ވަނި މުޖާހިދުންނާއި ގުޅިފައެވެ. އަދި އެމީހުންގެ އަތުގައި ހުރި ހަތިޔާރުތަކައި އަސްކަރީ އުޅަނދުތައްވެސް ވަނީ ޠާލިބާނުންގެ މުޖާހިދުންނާއި ޙަވާލުކޮށްފައެވެ. މިގޮތުން ޙަވާލުކުރި ތަކެތީގެ ތެރޭގައި އެމެރިކާއިން އުފައްދާފައިވާ ހުމީ ބުރޭންޑުގެ ވެހިކަލުވެސް ހިމެނެއެވެ.
އަނެއްކޮޅުން އަފްޣާނިސްތާނުގެ ގޮނޑިކޮއްކޮ ސަރުކާރުގެ ފުލުހުންގެ މައި އިދާރާއިންވަނީ މިއީ ފުލުހުންގެ ތެރެއިން މިގޮތަށް ވަކިވި ފުރަތަމަ ޖަމާއަތްކަމަށް ހާމަކޮށްފައެވެ.
މިކަމުގެ ސަބަބުން 2014ވަނަ އަހަރު އަފްޣާނިސްތާނުގެ ސަލާމަތީކަންތައް އެ ޤައުމުގައި ގޮނޑިކޮއްކޮ ސަރުކާރާ ހަވާލުކުރުމަށް އެޤައުމަށް ގަދަކަމުން އަރާތިބި ޓެރަރިސްޓު ހުޅަނގުގެ ބާރުތަކުން ރާވާފައިވާ ޕުލޭނަށް ވަރަށް ނޭދެވޭ އަސަރު ކުރާނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...