ރާއްޖޭގެ ޚަބަރު ތައުލީމީ ދާއިރާ އިން އިސްލާމީ ތައުލީމާއި އިސްލާމީ އަޚުލާގު ނައްތައިނުލުމަށް ރައީސް ނަޝީދަށް ދެންނެވުމަށް ބެލެނިވެރިންތަކެއް މުލިއާގޭ ދޮށަށް އެއްވެއްޖެ

ތައުލީމީ ދާއިރާ އިން އިސްލާމީ ތައުލީމާއި އިސްލާމީ އަޚުލާގު ނައްތައިނުލުމަށް ރައީސް ނަޝީދަށް ދެންނެވުމަށް ބެލެނިވެރިންތަކެއް މުލިއާގޭ ދޮށަށް އެއްވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ތައުލީމީ ދާއިރާ އިން އިސްލާމީ ތައުލީމާއި އިސްލާމީ އަޚުލާގު ނައްތައިނުލުމަށް ރައީސް ނަޝީދަށް ދެންނެވުމަށް ބެލެނިވެރިންތަކެއް މުލިއާގޭ ދޮށަށް އެއްވެއްޖެއެވެ.

ދިއިސްލާމްއަށް ހަބަރު ލިބިފައިވާގޮތުގައި އިއްޔެ އަސްރު ނަމާދަށްފަހު ގިނަ އަދަދެއްގެ ބެލެނިވެރިން ރައީސް ދިއިޅުއްވާ ގޭ ކައިރިއަށް އައިސް 'ސުލްހަވެރި މުޒާހަރާ' ކޮށްފައިވަނީ ތައުލީމީ ދާއިރާއިން އިސްލާމީ ތައުލީމާއި އިސްލާމީ އަޚުލާގު ނައްތައިނުލުމަށާއި ރާއްޖޭގެ ތައުލީމީ ނިޒާމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ މެދު ހިތްހަމަނުޖެހޭތީ އެ ކަންކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ދަންނަވައިގެން ހައްލުކުރުގެ ބޭނުމުގައެވެ. "ތައުލީމީ ނިޒާމުގެ ތެރެއިން އަޚްލާޤާއި އިސްލާމްދީން ނައްތާ ނުލުމަށް" ބުނާ ބެނާއެއް ހިފައިގެން 50 ވަރަކަށް މީހުން ކުރި މިމުޒާހަރާގައި ބެނާގައި ލިޔެފައިވާ ލިއުން ފިޔަވައި އެ މީހުން އެއްވެސް ވަރަކަށް އަޑު އުފުލާ ހަދާފައެއް ނުވެއެވެ.

"އަޅުގަނޑުމެން ސަރުކާރަށް މި ގޮވައިލަނީ ތައުލީމުގެ ތެރެއިން އިސްލާމް ދީނާއި އަހުލާގު ނައްތައިނުލާށޭ. މި ތަނުގައި މި ތިބީ ވަކި ސްކޫލެއްގެ މީހުންނެއް ނޫން. މިތާ އަމީނިއްޔާ އާއި މަޖީދިއްޔާގެ ބެލެނިވެރިން ވެސް އެބަ ތިބި. އަދި މިތިބީ ސާޅީހަކަށް މީހުން." މިމުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ބެލެނިވެރިއަކު ރިޔާސީ ގަނޑުވަރު ދޮރުމަތީގައި ހުރެ ވިދާޅުވިއެވެ. އެތަނުގައި ހުރި އެހެން ބެލެނިވެރިއަކު ހާމަކުރިގޮތުގައި "މިކަން ކޮޅެއްގައި ޖެހެންދެން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެ. ބޭނުންވަނީ މިކަން ރައީސްގެ ސަމާލުކަމަށް ގެނެސް މިކަން ހަމަޔަކަށް އަޅުވަން." ކަމަށެވެ.

އެއްވި ބެލެނިވެރިން ބޭނުންވީ ރައީސް ނަޝީދާއި ބައްދަލުކުރާށެވެ. އެހެނަސް ރައީސް ރަށުގައި ނޫޅުއްވާތީ ބައްދަލުނުވެ ބެލެނިވެރިންވަނީ ރައީސް އޮފީހުގެ އިސް ބޭފުޅަކާއި ވާހަކަ ދެއްކުމަށްފަހު ގެތަކަށް އެނބުރި ވަޑައިގެންފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.