ޕާކިސްތާނަށް އެހީވުމުގެ ގޮތުން އެމްވީޔޫތު ފޯރަމްއިން ޗެރިޓީ ފުޓްބޯޅަ މެޗެއް ބާއްވައިފިއެވެ.
ދިއިސްލާމްއަށް ހަބަރު ލިބިފައިވާ ގޮތުގައި އެމްވީޔޫތް ފޯރަމް އިން އިސްނަގައިގެން ބޭއްވި މިމެޗަށް ކުޅުންތެރިންގެ އެއްބާރުލުން ވަރަށް ބޮޑަށް ވަނީ ލިބިފައެވެ. އަދި އާންމުންގެ ތަރުހީބު ލިބިފައިނެތަސް ބައެއް ފަރާތްތަކުން މިކަމަށް ވަރަށް ބޮޑަށް އެއްބާރުލުން ދީފައިވެއެވެ. "މިއީ ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް އެމްވީޔޫތް ކޮމިއުނިޓީ އާއި އެލް މޯބައިލް ގުޅިގެން ޒުވާން ކުޅުންތެރިންނާއި ކުރީގެ ކުޅުންތެރިންގެ ޗެރިޓީ މެޗެއް. މިމެޗަށް އާއްމުންގެ ފަރާތުން ލިބުނު ތަރުހީބު ކުޑަ. އެހެނަސް ބައެއް ފަރާތްތަކުން މެޗު ބަލަން އައިސް އެހީގެ ފަންޑަށް ފައިސާ ހަދިޔާކޮށް ޖާޒީވެސް ގަނެފައިވަނީ." ދިއިސްލާމްއަށް މައުޟޫމާތު ދެއްވަނީ އެމްވީޔޫތު ފޯރަމްގެ މުޝައްރަފް (މުޝް) ވިދާޅުވިއެވެ.
ރާއްޖޭގެ މަޝްހޫރު މިހާރުގެ އަދި ކުރީގެ ކުޅުންތެރިން ކުޅެފައިވާ މިމެޗް ނިމިފައިވަނި 2 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...