އެމެރިކާދުނިޔެ

ކޮލަރާޑޯގެ ސިނާމާއެއްގައި ބަޑިން ހަމަލާދީ އެތަށްބަޔަކު މަރާލާފައިވާ ޖޭމްސް އީގަން ހޯމްސް ކޯޓަށް ގެންގޮސްފި

އެމެރިކާގެ ކޮލަރާޑޯގެ ސިނަމާއެއްގައި މިދިޔަ ހުކުރުދުވަހު ބަޑިން ހަމަލާދީ 12 މީހުން މަރާލައި 58 މީހުން ޒަޚަމްކުރި ކަމުގެތުހުމަތުގައި ހައްޔަރުކޮށްފައިވާ 24 އަހަރުގެ ޖޭމްސް އީގަން ހޯމްސް ފުރަތަމަ ފަހަރަށް ކޮލަރޯޑޯގެ ކޯޓަށް ގެންގޮސްފިއެވެ.

އިއްޔެގަ އޮތް މިއަޑުއެހުމުގައި މަރުވިމީހުންގެ އާއިލާތަކުން 40 މެމްބަރުން ބައިވެރިވެފައިވާއިރު ބޮލުގެ ރަތް ކުލަޖައްސާއިގެން ހުރި ހޯމްސް ހުރީ ވަރަށް މަޑުން އިސްދަށަށްޖަހައިގެންނެވެ. އޭނާގެ ފަރާތުން ދައްކަންޖެހޭ ހުރިހާ ވާހަކައެއް ދައްކާފައިވަނީ އޭނާގެ ޤާނޫނީ ވަކީލެވެ.

އެތަށް ބައެއްގެ ފުރާނަދުއްވާލައި އެތަށް ބައެއްގެ ފުރާނައަށް ނުރައްކާކޮށްފައި ހޯމްސް ކޯޓުގައި މާހަމަޖެހިފައި ހުރުމުން ވަރަށް ބޮޑު ޝޮކަކަށްވިކަމުގައި ހޯމްސްގެ ޓެރަރިސްޓް މި ހަމަލާގައި މަރުވި ޒުވާނެއްގެ ބައްޕަކަމުގައިވާ ލިއޭން ގްރެގް އެންބީސީ ނޫހަށް ހާމަކޮށްފައިވެއެވެ.

އިއްޔެ 20 މިނެޓް ވަންދެން ބޭއްވުނު މި އަޑުއެހުމުގެ ރިޔާސަތު ބަލައްހައްޓާފައިވަނީ އަރަޕަހޯ ކައުންޓީ ޑިސްޓްރިކްޓްގެ ފަނޑިޔާރު ވިލިއަމް ސިލްވެސްޓަރއެވެ.

ދައުލަތުގެ ވަކީލު ކެރޯލް ޗެމްބަރސް ހާމަކޮށްފައިވާގޮތުގައި މަރަށް މަރުހިފުމަށް ކޯޓުގައި އެދުމުގެ ކުރިން މަރުވި މީހުންގެ އާއިލާތަކާއި އެމައްސަލަ މަޝްވަރާކުރަން ބޭނުންވާކަމަށެވެ. މަރަށް މަރުހިފަން އެއާއިލާތަކުން ބޭނުންވާނަމަ ހޯމްސް ހައްޔަރުކުރިތާ 60 ދުވަސް ވުމުގެ ކުރިން އެކަމަށް އެދެންޖެހޭނެކަމުގައި އޭނާ ބުނެފައިވެއެވެ.

މިފަދަ މައްސަލަތައް ޕްރޮސެކިއުޓްކުރުމުގައި އެތަށް އަހަރެއްގެ ތަޖްރިބާ ލިބިފައިވާ ކްރެއިގް ސިލްވަރމޭން ބުނެފައިވާގޮތުގައި މިމައްސަލާގައި މަރުގެ ޙުކުމް އިއްވުމަށް އެއްވެސް ޤާނޫނީ ހުރަހެއް ނެތްކަމަށެވެ. މަރަށް މަރުހިފުމުގެ ޤާނޫނުގައި ބުނާ ހުރިހާ ޝަރުތެއް މިމައްސަލާގައި ހަމަވާކަމުގައި އޭނާ ހާމަކުރިއެވެ.

"ޖޭމްސް ހޯމްސް އަށް މަރުގެ ހުކުމް ތަންފީޒް ނުކޮށްފިނަމަ ކޮލަރާޑޯގެ މަރަށް މަރުހިފުމުގެ ޤާނޫނޫ ދެންޖެހޭނީ އެއްލާލަން،" އޭނާ ބުނެފައިވެއެވެ.

ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކުރާގޮތުގައި މިމައްސަލާގެ ދެވަނަ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަދުވަހުއެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ތިޔައީ ޓެރަރިސްޓެއް ކަމުގައި ހުޅަނގުގެ މީޑިޔާތަކަކުން ނުބުނާނެ! މުސްލިމުންނޭ ހޭލާ!

Your email address will not be published. Required fields are marked *