ސުވާލު: މާބަނޑު މީހާ ބަނޑުގައިވާ ދަރުފުޅަށް ގެއްލުންވެދާނެ ކަމުގެ ބިރަށް އަދި ކިރުމައިމީހާ ރޯދަދޫކޮށްލުމުން އެރޯދަ ގަޟާކުރުމަށް ފަހު ފިދްޔަދޭން ޖެހޭނެ ތޯއެވެ؟ އަދި ކުރިން މިފަދަ ހާލަތެއްގައި ރޯދަ ދޫކޮށްލާފައިވާމީހާ ފިދްޔަދޭންޖެހޭކަން ނޭނގުމުގެ ސަބަބުން ފިދްޔަ ނުދޭމީހާ އަމަލުކުރަން ޖެހޭނީ ކޮން ގޮތަކަށް ހެއްޔެވެ؟ އަދި ފިދްޔަ އަކީ ކިހާމިންވަރެއް ހެއްޔެވެ؟
ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
މާބަނޑު މީހާ ބަނޑުގައިވާ ދަރުފުޅަށް ގެއްލުންވެދާނެ ކަމުގެ ބިރަށް އަދި ކިރުމައިމީހާ ރޯދަދޫކޮށްލުމުން އެރޯދަތައް އެހެން ދުވަސްތަކެއްގައި ގަޟާ ކުރާނީއެވެ. ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މިފަދަ ޙާލަތުގައި ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދޭންވާނެއެވެ. ނަމަވެސް ދަލީލުތަކުން ބޮޑަށް ބާރުލިބެނީ ގެއްލުނު ކޮންމެ ރޯދައަކަށް ރޯދައެއް ހިފުމެވެ. އަދި ފިދްޔަ ދޭން ނުޖެހޭނެކަމަށެވެ. والله أعلم.
ކޮމެންޓް (0)
ލޯޑް ކުރަމުން...