ސުފުރާ ސޮސެޖް އެގް ޕިއްޒާ

ސޮސެޖް އެގް ޕިއްޒާ

ސޮސެޖް އެގް ޕިއްޒާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޭނުންވާތަކެތި

1 ޖޯޑު ބައިފުށް

1 ސައިސަމުސާ އިންސްޓަންޓް އީސްޓް

1 މޭޒުމަތީ ސަމުސާ ބަޓަރު

4/1 ސައިސަމުސާ ލޮނު

2/1 1 ސައިސަމުސާ ހަކުރު

4 ސޮސެޖު (ތުނިކޮށް ފޮތިކޮށްފައި)

1 ޓޮމާޓޯ (ތުނިކޮށް ފޮތިކޮށްފައި)

5 މޭޒުމަތީ ސަމުސާ ޓޮމާތޯ ސޯސް

2 ކެޕްސިކަމް (ކަރުނަގާ ކުދި ކޮށް ކޮށާފަ)

1 ޖޯޑު ޗީޒް (ގާނާފައި ހުރި)

2 ބިސް (ފެނުކައްކާ ފޮތޮފޮތި ކޮށްފައި)

2 ފިޔާ (ހިމުންކޮށް ކޮށާފައި)

ލޮނު ކޮޅެއް

ތައްޔާރުކުރާނެ ގޮތް

ފުށާއި އީސްޓް، ލޮނު އަދި ހަކުރު، އެއްކޮށްލުމަށްފަހު ބަޓަރު ކޮޅު އެއްކޮށްފައި ތާފަނާފެނުން މޮޑެލާށެވެ. ދެން ކޮތަޅަކަށްލާފައި އައްސާފައި 15 މިނެޓް ވައްދެން ބާއްވާށެވެ. ތަވާ އުނދުންމައްޗަށް އުދާފައި ކުޑަތެޔޮފޮދެއް އަޅާފައި ހޫނުވީމާ ފިޔާކޮޅާއި ކެޕްސިކަމް ކޮޅު އެއްކޮށްފައި ފިޔާކޮޅު މޯޅިވީމާ ޓޮމާޓޯސޯސްކޮޅާއި ލޮނުކޮޅާ، އެއްކޮށްފައި ފިޔާކޮޅު މޯޅިވީމާ އުދުންމަތިން ބާލާށެވެ. ދެން ފުއްގަނޑު ޓްރޭއެއްގައި 3/1 އިންޗީގެ ބޯމިނަށް ފަތުރާލާފައި މައްޗަށް ސޯސްގަނޑު (ފްރައި ކުރިފިޔާތައް) އަޅާފައި ފަތުރާލުމަށްފަހު ސޮސެޖު ފަތުރާލާފައި ބިސްފޮތިތައް އަތުރާލާށެވެ. އެއްމެމައްޗަށް ޗީޒް ވިއްސާލާފައި އަވަނުން ފިހެލާށެވެ.

ޓެގް

ސުފުރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.