ދަރުސް ޚަބަރު ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުން ޚާއްޞަ ދަރުސެއް ހޮނިހިރު ދުވަހު ބާއްވަނީ

ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުން ޚާއްޞަ ދަރުސެއް ހޮނިހިރު ދުވަހު ބާއްވަނީ

ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުން ޚާއްޞަ ދަރުސެއް ހޮނިހިރު ދުވަހު ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުން އަންހެން ބޭފުޅުންނަށް ޚާއްޞަ ދަރުސެއް ބޭވުމަށް ހަމަޖެހިފައިވާކަމަށް ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުން ހާމަކުރައްވައިފިއެވެ.

ދިއިސްލާމްއަށް ހަބަރު ލިބިފައިވާގޮތުގައި ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުން، ކޮންމެ ހަފުތާއަކު ހޮނިހިރު ދުވަހެއްގައި ސިލްސިލާކޮށް ކުރިއަށްގެންދާ ދަރުސް ޕްރޮގުރާމުގެ ދަށުން ހޮނިހިރު ދުވަހު ހަވީރު،  މަދަރަސަތުލް އަމީރު އަޙްމަދު (ހެންވޭރު ސުކޫލު) ގައެވެ. "އަޙްލާޤް ކިހާ މުޙިއްމުބާ؟" މިމަޢުޟޫއަށް އައްޝައިޚާ އަނާރާ ނަޢީމު ދެއްވާ މިދަރުސްގައި، ވީހާވެސް ގިނަ އަންހެންބޭފުޅުން ވަޑައިގެންނެވުމަށް ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުން އެދިލައްވައެވެ.

ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުން އަންހެންބޭފުޅުންނަށްޓަކައި ކުރިއަށް ގެންދާ ސިލްސިލާ ދަރުސް ޕްރޮގްރާމަކީ، މީގެ އަހަރު ތަކެއް ކުރިން ފެށިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ދާދި ފަހަކާއި ޖެހެންދެން މިޕޮރޮގުރާމް ކުރިއަށް ގެންދިޔައީ ޢަދާލަތު ޕާޓީ އޮފީހުގެ ޖަލްސާ ކުރާމާލަމުގައެވެ.

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.