ޖަމާޢަތްތެރިން ތަމްރީންކުރާ ކޯސް އަންނަ މަހު ފަށަން ތައްޔާރު ވަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީއިން ހާމަކުރައްވާގޮތުގައި މި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ ޤުރުއަނާ ބެހޭ މަރުކަޒުގައިކަމަށާއި މި ކޯހަކީ 03 މަސްދުވަހުގެ މުއްދަތައް ހިންގޭ ކޯހެއް ކަމަށެވެ. އިއްޔެއާއި ހަމައަށް ޖަމާޢަތްތެރިން ތަމްރީންކުރާ ކޯހުގައި ބައިވެރިވުމުގެ މުއްދަތު ހަމަވެފައިވާއިރު ކޯހަށް ހޮވުނު ކުދިންގެ ނަން ލިސްޓް 30 ސެޕްޓެމްބަރ 2010 ދުވަހުގެ 14:30 ގައި އިސްލާމިކް މިނިސްޓްރީގެ ނޯޓިސް ބޯޑުގައި ހުންނާނެކަމަށެވެ.
ޖަމާޢަތްތެރިން ތަމްރީންކުރާ ކޯސް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ 3 ވަނަ ދުވަހުގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...