ސުވާލާއި ޖަވާބު އިސްލާމް ދީނަށް ފުރައްސާރަކޮށް މަލާމާތް ކުރުމުގެ ނުބައިކަން ބަޔާން ކޮށްދެއްވަފާނަންތޯ؟

އިސްލާމް ދީނަށް ފުރައްސާރަކޮށް މަލާމާތް ކުރުމުގެ ނުބައިކަން ބަޔާން ކޮށްދެއްވަފާނަންތޯ؟

އިސްލާމް ދީނަށް ފުރައްސާރަކޮށް މަލާމާތް ކުރުމުގެ ނުބައިކަން ބަޔާން ކޮށްދެއްވަފާނަންތޯ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޖަވާބު:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ޘާބިތުވެފައިވާ ސުންނަތަކަށް އެކަން އެނގިހުރެ އިންކާރުކޮށްފި މީހާ އަކީ ދީނުން ބޭރުވެފައިވާ މީހެކެވެ. ސަބަބަކީ އެމީހަކު އެމަލާމާތް ކުރަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު ތަކަށާއި ޢަމަލުފުޅުތަކަށެވެ. ސޫރަތުއް ތައުބާގެ 65 އަދި 66 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قُلْ أَبِاللَّـهِ وَآيَاتِهِ وَرَ‌سُولِهِ كُنتُمْ تَسْتَهْزِئُونَ ﴿٦٥﴾ لَا تَعْتَذِرُ‌وا قَدْ كَفَرْ‌تُم بَعْدَ إِيمَانِكُمْ ۚ إِن نَّعْفُ عَن طَائِفَةٍ مِّنكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِ‌مِينَ ﴿٦٦﴾) މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّه އާއި، އެކަލާނގެ آيةތަކާއި، އެކަލާނގެ رسول އާއަށް ހެއްޔެވެ؟ ތިޔަބައިމީހުން عذر ނުދައްކާށެވެ! ތިޔަބައިމީހުންإيمان ވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ كافر ވެފައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެތެރެއިން ބަޔަކަށް ތިމަންރަސްކަލާނގެ عفو ކުރެއްވިޔަސް، އަނެއްބަޔަކަށް ތިމަންރަސްކަލާނގެعذاب ދެއްވަމެވެ. އެއީ ހަމަކަށަވަރުން، އެއުރެން ކުށްވެރި ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ."

ހަމަކަށަވަރުން އީމާން ކަމަކީ ބަހާއި ޢަމަލެވެ. ހަމައެކަނި ހިތުގައި އޮންނަ އެއްޗެއް ނޫނެވެ. ހިތުގައި އީމާންކަން އޮތްނަމަ ޢަމަލުންވެސް އެކަން ފެނިގެންދާނެ ކަމީ ކަށަވަރު ކަމަކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (ألا إن في الجسد مضغة إذا صلحت صلح الجسد كله وإذا فسدت فسد الجسد كله ألا وهي القلب  ) رواه البخاري (52) ومسلم (1599) މާނައަކީ: "ދަންނައެވެ. ހަމަކަށަވަރުން ހަށިގަނޑުގައި މަސްކޮޅެއް ވެއެވެ. އެމަސްކޮޅު ރަގަޅު ވެއްޖެނަމަ ހަށިގަނޑުގެ ހުރިހާ ކަމެއް ރަގަޅުވެދެއެވެ. އަދި އެމަސްކޮޅު ފަސާދަވެއްޖެނަމަ މުޅި ހަށިގަނޑު ފަސާދަވެދެއެވެ. ދަންނައެވެ. އެއީ ހިތެވެ."

އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. (إن الله لا ينظر إلى صوركم وأموالكم ولكن ينظر إلى قلوبكم وأعمالكم) رواه مسلم (2564) މާނައަކީ: "ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ތިޔަބައިމީހުންގެ ޞޫރަ އަކަށް އަދި މުދަލަކަށް ނުބައްލަވައެވެ. އެހެންނަމަވެސް، ﷲ ބައްލަވާ ވޮޑިގެންވަނީ ތިޔަބައިމީހުންގެ ހިތަށާއި ޢަމަލަށެވެ."

والله أعلم

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.