މޫނު ބުރުގާގެ ސަބަބުން ވަޒީފާ ލިބުމަށް މަހުރޫމުވާ ފަދަ ވިސްނުމެއް ނުގެންގުންޅުމަށް ސިވިލްސަރވިސްއަށް ޑރ މަޖީދު ގޮވާލައްވައިފިއެވެ.
ޑރ. މަޖީދު މިގޮތައް ގޮވާލެއްވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ކީރިތި ޤުރުއާނާއިބެހޭ މަރުކަޒުން ހިންގި ކޯސްތަކަކުގެ ބައިވެރިންނަށް އިނާމު ދިނުމުގެ ޖަލްސާގައިވާހަކަ ދައްކަވަމުންނެވެ. ޑރ މަޖީދު އިތުރަށް ވިދާޅުވީ ބައެއް އަންހެން ބޭފުޅުންނަށް ވަޒީފާލިބުމުގެ ދަތިކަން ފާހަގަކުރެވޭ ކަމަށާއި އަދި ޚާއްޞަގޮތެއްގައި މޫނުބުރުގާ އަޅުއްވައިގެން އުޅުއްވާ ބޭފުޅުންނަށް ވަޒީފާ ލިބުމުގެ ދަތިކަމެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެފަދަ ތަފާތުކުރުން ތަކެއް އެއްވެސް ހާލެއްގައި އޮވެގެން ނުވާނެކަމަށާއި އެހެނީ ދެޖިންސުގެ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށްވިދާޅުވިއެވެ.
ޑރ. މަޖީދު ވިޑާޅުވީ "އެއްވެސް މީހަކު ގެންގުޅޭ ވިސްނުމެއްގެ ސަބަބުން ނުވަތަ ލާ ހެދުމެއްގެ ސަބަބުން ނުވަތަ އެހެންއެއްވެސް ސަބަބަކާއިހެދި ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއިން ލިބިދޭ ޙައްގުން މަހުރޫމުވެގެންދިޔުމަކީ ވެގެންވާނެ ކަމެއްނޫންކަމަށާއި އަޅުގަނޑުމެންނަކީ އެއައްވުރެ މާތަސައްރަފު ފުދިފައި ތިބިބައެއް"ކަމަށް ވިދާޅުވެ ވާހަކަ ކުރިއަށްގެންދަވަމުން މަޖީދު ވިދާޅުވީ "ވަކިބަޔަކަށް ނޫނީ މަރުވަޅިއަށް އެރުން ޙުއްދަ ނޫންދުވަސްވަރު މާޒީވެގެން ހިނގައްޖެކަމަށާއި، މިއަދުގެ ޤާނޫނުކުރިމަތީގައި އެންމެންނަކީވެސް ހަމަހަމަ ބައެއް"ކަމަށެވެ.
މަތީ ތައުލީމު ހާސިލް ކުރައްވައިގެން މޫނުބުރުގާ އަޅުއްވައިގެން އުޅުއްވާ ބައިވަރު ބޭކަނބަލުން ރާއްޖޭގައި އުޅުއްވައެވެ. އެބޭކަނބަލުންނަށް މޫނުބުރުގާގެ ސަބަބުން ވަޒީފާގެ ދޮރުވަނީ ބަނދުވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...