ރާއްޖޭގެ ޚަބަރު ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ހިންގާ ކޯސްތަކުގެ ބައިވެރިންނަށް އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި

ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ހިންގާ ކޯސްތަކުގެ ބައިވެރިންނަށް އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

ކީރިތި ޤުރުޢާނާއިބެހޭ މަރުކަޒުން ހިންގާ ކޯސްތަކުގެ ބައިވެރިންނަށް އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.

އާދިއްތަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާމާލަމުގައި ބޭއްވި މިހަފުލާގައި އެމަރުކަޒުން ހިންގާ 4 ކޯހެއް ނިންމި ބައިވެރިންނަށް ވަނީ އިނާމު ހަވާލުކޮށް ފައެވެ. އިނާމު ދެވުނު ކޯސްތަކަކީ ޤާރީ ކަމުގެ ކޯސް ލެވެލް 1 އަދި ލެވަލް 3 ކާއި ޤުރުއާން މުދައްރިސުކަމުގެ އެޑްވާންސްކޯހުގެ ބައިވެރިންނަށާއި ޤުރުއާން ހިތުދަސްކުރި ބައިވެރިންނަށެވެ.   ކޯސްތައް ނިންމި ބައިވެރިންނަށް އިނާމު ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓްރީގެ ނައިބު އައްޝައިޚް މުޙައްމަދު ފާރޫޤުއާއި، މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމުގެ އިތުރުން މިނިސްޓަރ ޑރ. އަބުދުލް މަޖީދު އަބުދުލް ބާރީއެވެ.
ކީރިތި ޤުރުއާނާއިބެހޭ މަރުކަޒުގެ ޑިރެކްޓަރ ޖެނަރަލް އައްޝައިޚް އަބުދުލް އަޒީޒު ޙުސައިންނާއި، އިސްލާމިކް މިނިސްޓަރ ޑރ. އަބުދުލް މަޖީދު އަބުދުލް ބާރީއާއި، ސްޓޭޓް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއާއި، މިނިސްޓަރގެ ނައިބު އައްޝައިޚް މުޙައްމަދު ފާރޫޤުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ މުރުޝިދު ޒަކީ ބައިވެރި ވަޑައިގެންނެވިއެވެ.

މިހަފުލާގައިވަނީ މިދިޔަ ރަމްޟާން މަހު މިސްރުގެ ވެރިރަށް ޤާހިރާގައިބޭއްވި ބައިނަލް އަޤުވާމީ ޤުރުޢަންކިޔެވުމުގެ މުބާރާތުގައި މުޅި މުބާރާތުން 2 ވަނަ ހޯދި ހ.ލަކީލާސްޓް ރިފްދާ މުޙައްމަދު ރަޝީދަށްވެސް މިކަމުގެ އަގުވަޒަންކޮށް ވަނީ އިނާމު ހަވާލުކުރެވިފައެވެ.

ޓެގް

ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.