މަރަށް މަރު ހިފުމުގެ ގޮތުން އެމެރިކާގައި މީހަކު މަރާލައިފިއެވެ.
އެމެރިކާގެ ވާރޖީނިއާގައި މަރާލެވުނު މީހަކީ 41 އަހަރުގެ އަންހެނެއް ކަމަށާއި އެ އަންހެނާ މަރާލެވުނީ އޭނާގެ ފިރިމީހާ އާއި އޭނާގެ ދަރިފުޅު މަރާލިކަމުގެ ކުށުގައިކަމަށް ހަބަރު ލިބެއެވެ. ހަބަރުތައް ބުނާގޮތުގައި އިންޖެކްޝަނެއްޖަހައިގެން އެ އަންހެނާ މަރާލަން ގެންދިޔައިރު އޭނާ ހުރީ ވަރަށް ހާސްވެ ބިރުގަނެފައިކަމަށްވެއެވެ. މަރުގެ ހުކުމް އިއްވުމަށްފަހު އޭނާ މަރާލުމަށް ހާއްސަ ކުރެވިފައިވާތަނަށް ވެއްދިތާ 13 މިނިޓްގެ ތެރޭގައި އޭނާ މަރާލެވިފައިވާކަމަށް ވަނީ ޢިއުލާން ކުރެވިފައެވެ. އޭނާ މަރާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމުގައިކަމަށް ހަބަރުތަކުން ބުނެއެވެ.
މިއީ ވޭތުވެދިޔަ 100 އަހަރުގެ ތެރޭގައި ވާރޖީނިއާ ސްޓޭޓްގައި މަރަށް މަރު ހިފުމުގެ ގޮތުން މަރާލެވުނު ފުރަތަމަ އަންހެނާއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...