އެމެރިކާ

އެމެރިކާގެ ވައިގެ ސިފައިން ތަމްރީން ކުރާ މަރުކަޒްގައި އުޅޭ އަންހެން ކުދިން ޖިންސީ ގޯނާގެ ޝކާރައަކަށް ވެފައި

އެމެރިކާގެ ޓެކްސަސްގެ ލެކްލޭންޑު ވައިގެ ބަނދަރުގައި ތަމްރީން ވާން އުޅޭ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރާކަން  އެނގިގެން މަތީ ރޭންކު އޮފިސަރެއްކަމުގައި ވާ ކާނަލް ގެލެން ޕާރމަ އެ ބޭސްގައި އުޅޭ ފިރިހެނުންނަށް އިންޒާރު ދީފިއެވެ.

ކާނަލް ގެލެން ޕާރމަ ވަނީ އެތަނުގައި 600 އަންހެން ޓްރޭނިންނާއި ބައްދަލުކޮށް އެކަހަލަ ކަމެއް ހިންގައި ފިކަމުގައި ވާނަމަ ލަސްނުކޮށް ރިޕޯޓްކުރުމަށް ނަސާހަތްތެރިވެފައެވެ. " އަހަރެންގެ މަސައްކަތަކީ ކަލޭމެންނަށް ރައްކާތެރި ،ބޭނުންތެރި ރަނގަޅު ތަމްރީންއެއް ދިނުން "ގެލެން ބުންޏެވެ. ގެލެންގެ ވާހަކައިން މި ބޭސްގައި އުޅޭ އަންހެން ކުދިންނަށް ދިމާވެފައި ވާ ޖިންސީ ގޯނާއާއި ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދެއްކިކަމުގައި ވިޔަސް މިބޭސް އަކީ ވަރަށް ގިނައިން އަންހެން ކުދިންނާއި ގަދަ ކަމުން ޖިންސީ ގުޅުން ހިންގާ ތަނެއްކަމުގައި މީޑިޔާއަށް ވަނީ ހާމަވެފައެވެ. އެގޮތުން 4 ސިފައިން ވެގެން ގަދަ ކަމުން އަންހެން ކުއްޖަކާއި ޖިންސީ ގޯނާ ކުރުމުގެ ސަބަބުން އެމީހުންގެ މައްޗަށް ދައުވާ ކޮށްފައިވެއެވެ.

އެމެރިކާގައި ޓްރޭނިން ސެންޓަރ ތަކުގައި މަސައްކަތް ކުރާ އަންހެން ކުދިންނަށް ވަނީ މިފަދަ އެއްތައް އަނިޔާތަކާއި ކުރި މަތިވެފައެވެ. ލެކްލޭންޑް ވައިގެ މަރުކަޒަކީ 475 އިންސްޓަރަކުޓަރުންނާއި 36،000 ވައިގެ ސިފައިން ތަމްރީން ކުރާ މަރުކަޒެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *