އޭޝިއާ އަމިއްލަ ދަރިފުޅު ރޭޕްކުރުމުގެ ކުށުގައި 14400 އަހަރަށް ފިލިޕީންސްގެ މީހަކު ޖަލަށްލައިފި

އަމިއްލަ ދަރިފުޅު ރޭޕްކުރުމުގެ ކުށުގައި 14400 އަހަރަށް ފިލިޕީންސްގެ މީހަކު ޖަލަށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

އަމިއްލަ ދަރިފުޅު ރޭޕްކުރުމުގެ ކުށުގައި 14400 އަހަރަށް ފިލިޕީންސްގެ މީހަކު ޖަލަށްލައިފިއެވެ.

އަންހެން ދަރިއާއިއެކު ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގުޅުން ހިންގީ މީހާގެ ހުކުމަކީ  14400 އަހަރުކަމަށް ފިލިޕީންސްގެ ކޯޓަކުން ވަނީ ހުކުމް އިއްވާފައެވެ. ހަބަރު ލިބޭގޮތުގައި ހައުސްމެއިޑްއެއްގެ ގޮތުގައި މަސައްކަތް ކުރާ އެކުއްޖާގެ މަންމަ ކުއްޖާ ބެލުމަށް ބައްޕައާއި ހަވާލުކުރާ ކަމަށެވެ. އޭރު 13 އަހަރު އަދި މިހާރު 22 އަހަރުވެފައިވާ ކުއްޖާ ބައްޕަ އާއި ހަވާލުކޮށްފައި ދިއުމުން އެކުއްޖާއާއި އެކު ޖިންސީ ގުޅުން ހިންގާ ކަމަށާއި ކޮންމެ ދުވަހަކުވެސް އެކަން ކުރަން މަޖުބޫރުކުރުވާކަމަށެވެ. މިކަން ފަޅާއެރީ އެތައް އަހަރެއް ވަންދެން މިކަން ހިނގަމުން އައިސް އެކުއްޖާގެ މަންމަގެ ގާތްތިމާގެ މީހެއް ކައިރިއަށް ޗުއްޓީއަކަށް ގޮސް އައިފަހުން އެވާހަކަތައް އާއިލާއަށް ކިޔައިދިނުމުންކަމަށް ހަބަރު ލިބެއެވެ. ޢާއިލާއަށް މިކަމުގެ ހަބަރު ވުމާއި މިމައްސަލަ ކޯޓަށް ހުށައެޅީ އެކުއްޖާގެ މަންމަ ކަމަށް ހަބަރު ލިބެއެވެ.

ހަބަރުތައް ބުނާގޮތުން ރޭޕްކުރި ކުއްޖާ އާއި އެކު އެކުއްޖާގެ މަންމަ އާއި ބައްޕަގެ 2 ކުދިން ބައްޕަގެ ބެލުމުގެ ދަށުން ބަލަހައްޓަމުންދިޔަ ކަމަށްވެއެވެ.

ޓެގް

ލާއިންސާނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.