ރާއްޖޭގެ ޚަބަރު ދެ ޖިންސް އެއްކޮށް ސުކޫލުތަކުގައި ކިޔަވައިދޭން ފެށުމަށް އެޑިޔުކޭޝަން މިނިސްޓްރީ އިން ނިންމައިފި

ދެ ޖިންސް އެއްކޮށް ސުކޫލުތަކުގައި ކިޔަވައިދޭން ފެށުމަށް އެޑިޔުކޭޝަން މިނިސްޓްރީ އިން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ދެ ޖިންސް އެއްކޮށް ސުކޫލުތަކުގައި ކިޔަވައިދޭން ފެށުމަށް އެޑިޔުކޭޝަން މިނިސްޓްރީ އިން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު ހާމަކޮށްފައިވާގޮތުގައި "މިގޮތަށް ނިންމެވި އެންމެ ބޮޑު ބޭނުމަކީ  އެކުއްޖަކު އެންމެ ފުރަތަމަ ވަންނަ ސްކޫލްގައި ހުރެގެން ސާނަވީ ތައުލީމު ވެސް ނިންމުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައިދިނުން" ކަމަށާއި " މިކަން މިގޮތަށް ނިންމީ ބެލެމިވެރިންނާއި މަޝްވަރާކޮށްގެން ކަމަށާއި މިހާތަނަށް 3 ފަހަރެއްގެ މަތިން ބައްދަލުވުން ބޭއްވި މަޝްވަރާ ކުރެވިފައިވާ" ކަމަށެވެ.

ދިއިސްލާމްއަށް ހަބަރު ލިބިފައިވާގޮތުގައި އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ މިހާރު ޕްރައިމަރީ ސްކޫލްތަކުގެ ގޮތުގައި ހުރި ސްކޫލްތަކުގައި އަންނަ އަހަރު ގްރޭޑް 8 އުފެއްދުމާއި ސާނަވީ ތައުލީމު ނިމެންދެން ދެ ޖިންސުގެ ދަރިވަރުންނަށް އެކުގައި ކިޔެވޭނެގޮތް ހެދުމެވެ. އަދި އަންނަ އަހަރުން ފެށިގެން މަޖީދިއްޔާ، ދަރުމަވަންތަ އަދި އަމީނިއްޔާގައި ދެ ޖިންސް އެއްކޮށް ގްޜޭޑް އެކެއް އުފައްދާ ހުރިހާ ގްރޭޑް ތަކެއްގައިވެސް ދެޖިންސު އެކުގައި ކިޔެވޭނެގޮތް ހެދުމެވެ.

ޓެގް

ލާދީނީ ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.