ޕާކިސްތާނުގައި ސްކޫލުކުދިންތަކެއް ގޮވައިގެން ދަތުރުކުރި ބަހެއް ފުރޮޅާލައި، ކޯރަކަށް ވެއްޓުމުގެ ސަބަބުން އޭގެން ދަތުރުކުރި 30 ކުދިންގެ ތެރެއިން 15 ކުދިން މަރުވެއްޖެއެވެ.
މުޒައްފަރުއާބާދުގައި ހިނގި މިހިތާމަވެރި ޙާދިޘާގައި އަދިވެސް ގިނަ ކުދިންތަކެއްވަނީ ގެއްލިފައެވެ. ދުއްވަމުންދަނިކޮށް ޑްރައިވަރަށް ކޮންޓްރޯލު ނުކުރެވިގެން ކޯރަށް ވެއްޓުނު ބަހުގައިތިބީ މުޅިންވެސް ސްކޫލުކުދިންކަމަށް އޮފިޝަލުން ހާމަކުރެއެވެ. ބަސްވެއްޓުނުހިސާބުގަނޑުގެ މީހުން ބުނާގޮތުގައި ކަމާބެހޭފަރާތްތަކަށް އެހިސާބުގަނޑަށް އާދެވިފައިވަނީ 1 ގަޑިއިރު ފަހުންނެވެ. އެކަމުގެސަބަބުން ކޯރުން އަދި ފެނިފައިވަނީ 15 ކުދިންނެވެ. އަދި މަރުވިކުދިންގެ ޢަދަދު މިއަށްވުރެ މަތިވާނެކަމަށް އެމީހުން ހާމަކުރިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...