ރިޕޯޓް މަރުގެ އަދަބު ރަހުމުކުޑަ އަމަލަކަށްވަނީ މުސްލިމުން އަދަބު ދޭނަމައެވެ.

މަރުގެ އަދަބު ރަހުމުކުޑަ އަމަލަކަށްވަނީ މުސްލިމުން އަދަބު ދޭނަމައެވެ.

މަރުގެ އަދަބު ރަހުމުކުޑަ އަމަލަކަށްވަނީ މުސްލިމުން އަދަބު ދޭނަމައެވެ.

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މިއަދު ގިނަ ބަޔަކު ޤަބޫލުކުރާގޮތުގައި މަރުގެ އަދަބަކީ އެއްވެސް ޙާލަތެއްގައި ކުށްވެރިއަކަށް ދެވިގެންވާނެ އަދަބެއްނޫނެވެ. އެ ކުށްވެރިއަކީ ކިތަންމެ ގިނައިން ކުށްކޮށްފައިވާ ބޮޑު މުޖުރިމެއް ނަމަވެސް މެއެވެ. އެފަދަ ބޮޑު މުޖުރިމަކަށްވެސް މަރުގެ އަދަބު ދިނުމަކީ އިންސާނީ ޙައްގުތަކާ ޚިލާފުކަމެއް ކަމަށް ބުނެ، ކުއްވެރިންގެ ދިފާޢުގައި ގިނަ ބަޔަކު ދަނީ ވަކާލާތު ކުރަމުންނެވެ. އަދި ހިތާމައަކީ އިސްލާމްދީނުގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ބޮޑެތި ކުށްތަށް ކުރާ މީހުންނަށްވެސް މަރުގެ އަދަބު ދޭން ނިންމައިފި ނަމަ، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް އެކަންކަން ޙަޖަމުވެސް ނުކުރެވޭކަމެވެ. ފިކުރީ ހަނގުރާމައިގެ ދަލުގައި ޖެހިފައިވާލެއް ބޮޑުކަމުން މުސްލިމުންގެ ނަމުގައި އުޅޭބައެއް މީހުންނަށްވެސް ސިފަކުރެވެމުންދަނީ މަރުގެ އަދަބު ޙައްޤުވާފަދަ މުޖްރިމުންނަށް މަރުގެ އަދަބު ދިނުމަކީ ހުޅަނގުން އެބުނާފަދަ ރަޙުމްކުޑަ ޢަމަލެއްގެ ގޮތުގައެވެ.
ކުރިން އިޝާރާތް ކުރިފަދައިން ކަންއޮތްނަމަވެސް، ޙައިރާން ވާންޖެހޭކަމަކީ، މިފަދަ އަދަބުތަށް ދިނުމާ އެންމެ ދެކޮޅުހަދާ ޤައުމުތަކުންވެސް މިފަދަ އަދަބުތަށް ކެޕިޓަލް ޕަނިޝްމެންޓުގެ ނަމުގައި ދެމުން ދާކަމެވެ. އެމީހުންނަށްވެސް މައްސަލައަކަށްވަނީ އިސްލާމީ ޝަރީޢަތުގެ ދަށުން ޙުކުމްކޮށް އެ އަދަބުތަށް ދޭތީއެވެ. “ކެޕިޓަލް ޕަނިޝްމެންޓު”ގެ ނަމުގައި މީހަކު މެރުމަކީ ރަޙުމްކުޑަ ޢަމަލަކަށްވެސް ނުވެއެވެ. ނުވިތާކަށް އެއީ އޭނާގެ ދިރިހުރުމުގެ ޙައްޤު ނިގުޅައިގަތީކަމަށްވެސް ނުބެލެވެއެވެ. މީގެ ވަރަށް ފުރިހަމަ މިސާލެއް މި އަހަރުވެސް ވަނީ ހިނގައިފައެވެ.
ތިޔައިގެ ތެރެއިން ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން މިއަހަރުގެ މެދުތެރޭން ފެށިގެން އީރާނުގައި ރަޖަމުކުރުމަށް ޙުކުމްކޮށްފައިވާ، ސަކީނާ މުޙައްމަދީ އަޝްތިއާނީ މިއަދާ ހަމައަށް އައި އިރުވެސް ވަނީ ބޭރުގެ، ހާއްޞަކޮށް ހުޅަނގުގެ ޤައުމުތަކުގެ ފިއްތުންތަކާހުރެ ޙުކުމް ތަންފީޒު ނުކުރެވިއެވެ. އަދި އީރާނުން ޒިނޭކޮށްފައިވާ އަންހެނަކު ރަޖަމްކުރަން އުޅޭ ޚަބަރުވަނީ ދުނިޔޭގެ މަޝްހޫރު މީޑިޔާތަކުގެ ފަލަ ސުރުޚީތަކުގައި އެތަށް ދުވަހެއްވާންދެން ރަސްކަންވެސް ކޮށްފައެވެ. އެހެންނަމަވެސް ހަމަ މިހަފްތާ ތެރޭ އެމެރިކާގެ ވާޖީނިއާގެ އަންހެނަކު، އޭނަގެ ފިރިމީހާ މަރާލުމުގައި ޝާމިލުވުމުގެ ސަބަބުން ވަނީ މަރަން ޙުކުމްކޮށްފައެވެ. އަދި 24 ސެޕްޓެމްބަރ 2010ވަނަ ދުވަހުގެ ވަގުތެއްގައި މިއަންހެންމީހާގެ މަށްޗަށް ޙުކުމް ތަންފީޒުކޮށްފައިވާކަމަށް ބީބީސީ ޚަބަރުދެއެވެ. މި ދަންނަވާލީ ކުޑަ ކުޑަ މިސާލެކެވެ. އަޅުގަނޑު މި ދަންނަވާ “ޑަބަލް ސްޓޭންޑާޑް”ގެ ވާހަކަ ޤަބޫލު ނުކުރެވޭނަމަ އަދިވެސް ކުރިޔަށް ވަޑައިގަންނަވާށެވެ.
އޯހިއޯ ނޯދަރން ޔުނިވާސިޓީގައި ލޯ ކިޔަވައިދޭ ޕްރޮފެސަރެއްކަމުގައިވާ ވިކްޓަރ ސްޓްރެއިބް މިއަދު ހާމަކުރެއްވިގޮތުގައި، އެމެރިކާގައި 1972 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް ޖުމްލަ 8118 މީހުންގެ މަށްޗަށްވަނީ މަރުގެ ޙުކުމް އިއްވިފައެވެ. އަދި އޭގެ ތެރެއިން 1168 މީހުންގެ މަށްޗަށް ވަނީ ޙުކުމް ތަންފީޒުކުރެވިފައެވެ. ކަން އޮތީ މިހެންކަމުގައިވީނަމަވެސް މިއީ އިންސާނީ ޙައްގުތަކަށް އެރުން ކަމަކަށް ނުބެލެވުނެވެ. ހުޅަނގުގެ ޤައުމުތަކުންހިންގާ މިފަދަ “ރަޙުމްކުޑަ” ޢަމަލުތައް، އިންސާނީ ޙައްޤުތަކުގެ ދިފާޢުގައި މަސައްކަތް ކުރަމުންދާ “އެމްނެސްޓީ އިންޓަރނޭޝަނަލް” ފަދަ ޖަމާޢަތްތަކުގެ އަތް ދަށުން ދޫވެގެން ދިއުމަކީ ޢާއްމު ކަމެކެވެ. ބައެއްފަހަރު މިފަދަ ފަރާތްތަކުން ޢަމަލުކުރަމުންދާ ގޮތުން ހީވަނީ އިންސާނުންނަކީ ހަމައެކަނި މުސްލިމުންގެ ތެރޭގައި ހިމެނޭ ކުށްވެރިން ހެންނެވެ. އިސްލާމީ ޤައުމެއްގައި މަރަން ޙުކުމް ކޮށްފިނަމަ އެދޭތެރެއަށް އިންސާނީ ޙައްގުތަކޭ ކިޔާފައި އައިސް ބަޔަކުވަންނަނީ އެހެން ވީމަތާއެވެ. އަދި ޣައިރު މުސްލިމު ޤައުމުތަކުގައި ހަމަ އެފަދަ އަދަބުތަކަށް ޙުކުމް ކުރުމުން، އެމީހުންގެ އިންސާނީ ޙައްގުގެ ދިފާއުގައި ‘ޗުއްޕު’ވެސް ބުނާނެ ބަޔަކު ނެތީ އެމީހުންނަކީ އިންސާނުންނަށް ނުވާތީތާއެވެ.

ނޯޓް: މިއީ ދިއިސްލާމް މަޖައްލާގެ 1 ވަނަ އަދަދުގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ. މިއަދަދުގެ އެހެން ލިޔުންތައް ވިދާޅުވޭ!

ޓެގް

މަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.