ރާއްޖޭގެ ޚަބަރު އިހަވަންދޫ ސުކޫލުގެ އިނގިރޭސި އަޑުއެހުމުގެ ޓެސްޓްގައި ނަޞާރާ ދީނާއި ބެހޭގޮތުން އަޑުއެހުމުގެ ޓެސްޓެއް ދީފި

އިހަވަންދޫ ސުކޫލުގެ އިނގިރޭސި އަޑުއެހުމުގެ ޓެސްޓްގައި ނަޞާރާ ދީނާއި ބެހޭގޮތުން އަޑުއެހުމުގެ ޓެސްޓެއް ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

ހއ އިހަވަންދޫ ސުކޫލުގެ އިނގިރޭސި އަޑުއެހުމުގެ ޓެސްޓްގައި ނަޞާރާ ދީނާއި ބެހޭގޮތުން އަޑުއެހުމުގެ ޓެސްޓެއް ދީފިއެވެ.

ދިއިސްލާމްއަށް މައުޟޫމާތު ދެއްވަމުން އިހަވަންދޫ ސުކޫލުގެ ބޯރޑް މެންބެރަކު ހާމަކުރެއްވިގޮތުގައި އިހަވަންދޫ ސުކޫލުގެ ގުރޭޑް 9 ގައި ކިޔަވަމުންދާ ދަރިވަރުންނަށް އިނގިރޭސި ލިސަނިންގް ޓެސްޓްގައި ނަޞާރާ ދީނާއި ބެހޭގޮތުން އަޑުއެހުމުގެ ޓެސްޓެއް ދީފައިވާކަމަށެވެ. މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ ލިސަނިންގް ޓެސްޓްގައި ނަޞާރާ ދީނުގެ ރާހިބުންނާއި ކަލާންގެ ތަކާއި ބެހޭގޮތުން ސުވާލު ކުރެވުނުކަމަށެވެ. އަދި ބިމުގެ ކަލާންގެ އަކީ ކޮބައިތޯއާއިމެދުވެސް ސުވާލު ކުރެވުނުކަމަށް ސުކޫލު ބޯރޑް މެންބަރ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ދަރިވަރުންގެ އިނގިރޭސި ނޯޓް ފޮތުގައިވެސް މި ސުވާލުތައް ނޯޓް ކުރެވިފައި ހުރިކަމަށާއި މިކަމާއި ބެހޭގޮތުން ދަރިވަރުންގެ ޝަކުވާވެސް ސުކޫލު ބޯރޑަށް ހުށަހަޅަމުންދާކަމަށެވެ.

މިއަހަރު ތެރޭގައި އިހަވަންދޫ ސުކޫލުގެ ތަފާތު މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. އަދި ދަރިވަރުންގެ އަހުލާޤު ގޯސް 60 އިންސައްތައިން 28 ޕަސަންޓަށް ދައްވުންވެސް އެއީ މޖިއަހަރު އިހަވަންދޫ ސުކޫލަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އެއްމެ ބޮޑު އެއްމައްސަލައެވެ.

ޓެގް

ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.