އެހީ!ދިއިސްލާމް

ހަސަން ސަމީހުއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވާ

ނ.ޅޮހީ ފިނިރޯޅި މުޙައްމަދު އަނީސްގެ ފަސް ކުދިންގެ ތެރެއިން ހަސަން ސަމީހްއަކީ އެންމެ ދޮށީ ދަރިފުޅެއެވެ. 16 އަހަރުގެ ސަމީހުއަކީ ލޭގެ ކެންސަރަށް ފަރުވާ ކުރަމުން ދާ ކުއްޖެއެވެ. ސަމީހުގެ ބައްޕަދިއިސްލާމްއަށް މައުލޫމާތު ދިން ގޮތުގައި ސަމީހު އުމުރުން 3 އަހަރުގައި އާދަޔާއި ހިލާފަށް ހުން އައިސް ގާއިގައި ރިއްސާ ކުއްޖާ ހަށިގަނޑު އަނަރޫފަވަމުން ދިޔައެވެ. ތަފާތު ގިނަ ޑޮކްޓަރުންނަށް ދައްކާ ބެލި ބެލުމުން ލަފާދެއްވީ ރާއްޖެ ބަލި ކަމަށެވެ.

6 އަހަރު ވަންދެން ރާއްޖެ ބަޔަށް ބޭސް ކުރުމަށް ފަހު އެއްވެސް ގޮތަކަށް ރަނގަޅު ނުވެގެން 26 މޭ 2006 އަހަރު މާލޭ ގެނެސް އައި ޖީ އެމް ހޮސްޕިޓަލްއަށް ދެއްކުމުން ފުރަތަމަ ފަހަރަށް ކެންސަރު ހުރިކަން އެގިގެން ދިޔައެވެ. އަދި ރާއްޖެއިން ބޭރަށް ގެންދިއުމަށް ލަފާ އެރުވިއެވެ. ދުވަސް ވަރަކީ އާސަންދާގެ ހިދްމަތް ވެސް އޮތް ދުވަސްވަރަކަށް ނުވުމުން އެހީ ލިބޭނެ ގޮތެއް ނެތިފައި އާއިލާ ތިބި ވަގުތު ދީލަތިކަމުގެ އަތެއް ފޯރުކޮށް ދިނީ ވިލާ ފައުންޑޭޝަނުން ކަމުގައި ކުއްޖާގެ ބައްޕަ އަނީސް ކިޔާ ދިނެވެ. އަދި ވަގުތުން އިންޑިޔާގެ ޓިރިވެންޑުރަމްގެ އާރުސީސީ ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށުނެވެ. އެތަނުގެ ޑޮކްޓަރުން ކުރި ތަޙްލީލުން އެގުނީ ސަމީހުއަށް ޖެހިފައި ވަނީ ލޭގެ ކެންސަރުކަމަށެވެ. އަދި ބަލީގެ އަސަރު %83 ބޮޑު ވެފައިވާކަމަށާއި އިންޑިޔާއަށް އައުން ލަސް ކުރެވުނުނަމަ ފުރާނައަށް ގެއްލުން ވުން ގާތް ކަމުގައި ޑޮކްޓަރުން ވިދާޅުވިއެވެ. ސަމީހުގެ ބައްޔާ ގުޅޭ ލިޔެކިޔުންތަށް ވަނީ ދިއިސްލާމް ލިބިފައެވެ.

ސަމީހްގެ ހަށިގަނޑަށް 24 ޕޮއިންޓް ލޭ އަޅާ އަދި ކީމޯތަރަޕީ ދެވެން ފެށުނެވެ. މައިބަދައިން މަދު ނަގައި ޓެސްޓުކޮށް އިތުރު ފަރުވާތަކެއް ދެވުނެވެ. 1 އަހަރު ދުވަސް ވަންދެން ފަރުވާ ކުރުމަށް ފަހު ސަމީހްވަނީ %99 ރަނގަޅުވެފައި ކަމުގައި ޑޮކުޓަރު ވިދާޅުވުމުން ރާއްޖެ އެބުރި އައީ ކަމުގައި ސަމީހުގެ ބައްޕަ އަނީސް މައުލޫމާތު ދިނެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ދައްކަން ޖެހޭ ކަމަށާއި ނަމަވެސް އާސަންދާއިން ޓިކެޓް ލިބިފައި ވީ ނަމަވެސް އަދި ވެސް ބޭހުގެ ހަރަދަށް ބޭނުން ވާ 1750 ޑޮލަރު މަދުވާކަމަށް އަނީސް ބުންޏެވެ. އެއީ ސަމީހުގެ މައިބަދައިގެ ތަރަޕީއެއް ހެދުމަށްޓަކައި ކަމުގައެވެ.

ކެންސަރު ބަޔަށް ފަރުވާ ކުރާތާ 7 އަހަރުވެފައިވާ ސަމީހުއަކީ ކިޔަވަން ވަރަށް މޮޅު ކުއްޖެއްކަމަށާއި އަދި މިހާރު ގުރޭޑް 10 ގައި ކިޔަވަމުން ދާއިރު އޭނާއަކި ނ. ޅޮހީ ސްކޫލް ކެޕްޓަން ކަމުގައި ވެސް ސަމީހުގެ ބައްޕަ މައުލޫމާތު ދެއްވިއެވެ. ސަމީހުއަށް އެހީތެރި ވެދެއްވަން ބޭނުން ވާ ފަރާތްތަކުން ސަމީހުގެ ބައްޕަ މުޙައްމަދު އަނީސް  7537810 އާއި ގުޅުވައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ބަލިޖައްސަވާ ބަލި ފަސޭޭހަ ކުރައްވަނީވެސް ﷲ ސުބުހާނަހޫ ވަތަޢާލާ، އަޅެ ކޮބައިތޯ ދުނިޔޭގައި މިއުޅެ އިންށާނީ ހާއްޤުގެ މީހުންނާއި ކުޑަކުދިންގެ ހައްޤުގެ މީހުން، އެބައި މީހުންނަށް މިކުއްޖާގެ ހަބަރެއް ނުވަނީބާ؟ ކުޑަކުދިންގެ ހައްޤުގެ ނަމުގައި ސަލާން ޖަހައިގެން ދުނިޔޭގައި އުޅޭމީހުންވެސް ހަމަ މަދެއްވެސްނޫން ވިއްޔާ،؟

Your email address will not be published. Required fields are marked *

More in އެހީ!