އެމެރިކާ

އެމެރިކާގެ ބިލިޔަނަރަކަށް ޙިޔާނާތުގެ މައްސަލައިގައި 110 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

އެމެރިކާގެ ޓެކްސާސްގެ ބިލިޔަނަރ އެލެން ސްޓެންފޯޑް މަކަރުން އިންވެސްޓަރުންގެ އަތުން 7 ބިލިޔަން އެމެރިކާ ޑޮލަރު ނަގާފައި ވާތީ އެކަން އޭނާގެ މައްޗައް ސާބިތު ވެގެން 110 އަހަރަށް ޖަލަށް ލާން މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކޮށްފިއެވެ.

އެމެރިކާގެ ހައުސްޓަން ކޯޓްގައި ބޭއްވުނު ސަރީއަތުގެ މަޖުލީހުގައި ސްޓެންފޯޑްގެ މައްޗައް ކުރެވުނު ދައުވާތަކުގައި 13 ހިޔާނާތުގެ މައްސަލައަކާއި ވަގު ވިޔަފާރިގެ ސެޓްފިކެޓްތަކަކާއި އެންޓިގިއުގެ އޯފްޝޯ ބޭންކުން 1000 ވުރެއް ގިނަ އިންވެސްޓަރުންނަށް ކޮށްފައިވާ ވަގު ވިޔަފާރިތަކެވެ. މިއީ ބިޔަލަނަރ މައްޗަށް މިފަދަ ބޮޑު ހިޔާނަތުގެ ކުށް ސާބިތުވާ ފުރަތަމަ ފަހަރެވެ. ސްޓެންފޯޑްވަނީ މިކަމާއި އިންކާރު ކޮށްފައެވެ. އަދި މިއީ ގަސްތުގައި އެމެރިކާގެ ސަރުކާރުން އޭނާގެ ވިޔަފާރި ދުއްވާލުމަށް ކުރި ކަމެއްކަމުގައި ތުޙްމަތުކޮށްފައެވެ. ނަމަވެސް ދައުލަތުގެ ފަރާތުން ވަނީ މިއީ މިހާތަނަށް ފެނުނު އެންމެ ބޮޑު ހިޔާނާތުގެ މަސައްލަކަމަށްވެފައި 110 އަހަރު އެއީ ކުރު މުއްދަތެއް ކަމުން 230 އަހަރަށް ހުކުމް ބަދަލު ކުރުމަށް އެދިފައެވެ.

62 އަހަރުގެ އެލެން ސްޓެންފޯޑް މިހާރުވަނީ ޖަލުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދު ކުރެވިފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *