އަރަބިދުނިޔެ

މިޞްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް ކޯމާގައި

މިޞްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް ވަނީ ކޯމާގައި ކަމަށް މިޞްރުގެ އިންޓީރިޔާ މިނިސްޓްރީގެ ފަރާތްތަކުން މިޑިޔާއަށް މައުލޫމާތު ދީފިއެވެ. އަދި އޭނާގެ ހާލަތު ސީރިއަސް ކަމުގައި ވިޔަސް ރަނގަޅު ވާނެ ކަމުގެ އުންމީދު އެބައޮތް ކަމުގައި މުއުލޫމާތު ލިބެއެވެ

ރަސްމީ ފަރާތްތަކުން ބުނަމުންދަނީ ހުސްނީ މުބާރަކް ކައިރޯގެ ހުނޅަގު ބިތުގައިވާ ޖަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި މިހާރު އަމިއްލަ ފަރާތެއްގެ ހޮސްޕިޓަލްގައި ވަނީ އެދުމަތި ކުރެވިފައެވެ. ޑޮކްޓަރުން ލަފާކުރާ ގޮތުގައި މުބާރަކްއަށް މިހެން ދިމާވީ މާ ބޮޑަށް ވިސްނާ ފިކުރު ކުރުމުންގެ ސަބަބުން ނޭވާލާން ދަތި ވެގެންނެވެ.

މުބާރަކްއަށް ވަނީ މިމަހުގެ 2 ވަނަ ދުވަހު އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. އަދި އޭނާ އާއި އެކީ އޭނާގެ ދެދަރިން ކަމުގައި ވާ ގަމާލް އަދި އަލާ ވެސް ވަނީ ޖަލުގައި ހައްޔަރުކުރެވިފައެވެ. ގަމާލް އަށް ވަނީ މިހާރު މި ހުކުމް ފައިސާ ދީގެން ސަލާމަތް ވެދާނެތޯ ބެލުމަށް ޓަކައި ވަކީލުން މަސައްކަތް ފަށާފައެވެ. އަދި މިދެދަރިން އެމީހުންގެ ބައްޕައާއި އެއް ޖަލަކަށް ބަދަލު ކުރުމަށް އެދިފަވެއެވެ.

މުބާރަކްގެ ވަކީލު ފަރިދް އަލް ދިބް ބުނިގޮތުގައި މުބާރަކްގެ ޖަލުގައި ހުއްޓާ ފުރާނައަށް ގެއްލުން ވެއްޖެނަމަ އޭގެ ޒިއްމާ އިންޓިރިޔާ މިނިސްޓަރީ އާއި އެރޓޯނީ ޖެނެރަލް ނަގަންޖެހޭނެ ކަމަށެވެ. އަދި އޭނާގެ ހާލު ސިރިއަސް އިރު ރަނގަޅު ފަރުވާއެއް ނުދީ ބޭއްވިގެންނުވާނެ ކަމަށާއި 24 ގަނޑިއިރު ޑޮކުޓަރުންގެ ބެލުމުގެ ދަށުގައި ބާއްވަން ޖެހޭނެކަމުގައި ވަކީލު ބުންޏެވެ.

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *