އޭޝިއާ "ތޫފާން ފަނަފީ"ގެ މިސްރާބު ޗައިނާ އާއި ޓައިވާންއަށް

"ތޫފާން ފަނަފީ"ގެ މިސްރާބު ޗައިނާ އާއި ޓައިވާންއަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"ތޫފާން ފަނަފީ" ޗައިނާ އާއި ޓައިވާންއަށް މިސްރާބު ޖަހާފައިވާކަމުގެ އިންޒާރު މޫސުމާ ބެހޭ އިދާރާތަކުން ދީފިއެވެ.

ޗައިނާ އާއި ޓައިވާން ގެ މޫސުމާ ބެހޭ އިދާރާތްތަކުން ހާމަކުރައްވާގޮތުގައި ތޫފާނުގެ ބާރުމިން ވަރުގަދަވާނެކަމަށާއި މިހާރު ބާރުމިން ވަރުގަދަވާ މިންވަރަށް ކުރިއަށްދާނަމަ މިތޫފާނު ވެގެންދާނީ މިއަހަރުގެ ތެރޭގައި އެގައުމަށް އަރާ އެންމެ ވަރުގަދަ ތޫފާންކަމަށެވެ. މިތޫފާނުގެ އިންޒާރާއި އެކު ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވަނީ މަސްވެރިން މަހަށް ނުނުކުތުމަށާއި އާންމުންވެސް ސަމާލުވެ ތިބުން މުހިންމު ކަމަށެވެ.

"ތޫފާން ފަނަފީ" ޗައިނާ އާއި ޓައިވާން އަރާނެކަމަށް އިންޒާރު ދީފައިވާއިރު މިތޫފާނު އަރާނެކަމަށް އެފަރާތްތަކުން ލަފާކުރަނީ މިއަދުގެ ވަގުތެއްގައެވެ.

ޓެގް

ތޫފާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.