ދުނިޔެ ޕާކިސްތާނަށް އެހީތެރިވުމަށް 2 ބިލިޔަން ޑޮލަރު ހޯދުމަށް ޔޫއެންއުން ގޮވާލައިފި

ޕާކިސްތާނަށް އެހީތެރިވުމަށް 2 ބިލިޔަން ޑޮލަރު ހޯދުމަށް ޔޫއެންއުން ގޮވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ސާލިމް

ޔޫއެންގެ ސެކެއްޓްރީ ޖެނެރަލް ބަންކީ މޫން އިއްޔެގެ ވަގުތެއްގައި، ޕާކިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު 1.5 ބިލިޔަން ޑޮލަރު ހޯދުމަށް ގޮވާލައިފިއެވެ. ޕާކިސްތާނަށް އެންމެ ފުރަތަމަ މިކާރިޘާ މެދުވެރިވުމާއެކު، ޔޫއެންއުން މެންބަރު ގައުމުތަކުގައި އެދުނު 500 މިލިއަން ޑޮލަރާއެކު ޖުމުލަ އެހީއަށް ބޭނުންވާ އަދަދު މިހާރު ވަނީ 2 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިފައެވެ. އަދި މިއީ ޔޫއެންއުން މިހާތަނަށް، ހޯދުމަށް ގޮވާލައިފައިވާ އެންމެ ބޮޑަ އެހީގެ އަދަދަށްވެސް ވަނީ ވެގެން ގޮސްފައެވެ. މީގެ ކުރިން ޔޫއެންއުން އެންމެ ބޮޑު އެހީއަކަށް އެދިފައިވަނީ މިއަހަރު ޖެނުއަރީ މަހު ހެއިޓީއަށް އައި ބިންހެލުމަށް ފަހުގައެވެ. އެފަހަރު ވަނީ 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ހޯދުމަށް ޔޫއެއްންއުން މެންބަރު ޤައުމުތަކުގެ ކިބައިން އެދިފައެވެ.

ބަންކީ މޫން ހާމަކުރެއްވިގޮތުގައި ޕާކިސްތާނަށް ކުރިމަތިވެފައިވަނީ އެންމެ ކާރިޘާއެއް ނޫނެވެ. އެތަކެއް ބައިވަރު ކާރިޘާތަކެކެވެ."މިހުރިހާ ކަމެއްގެ ސަބަބުން، ޕާކިސްތާނުގެ މި ކާރިޘާއަކީ ޔޫއެންގެ 65 އަހަރު ވީ ދިގު ތާރިޚުގައިވެސް ކުރިމަތިވި އެންމެ ބޮޑު ކާރިޘާ" އޭނާ އިތުރަށް ފާހަގަކުރެއްވިއެވެ.

ޔޫއެންއުން މިފަހަރު އެހީ ހޯދުމަށް މި އެދުނީ ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ކާނާއާއި، ތައުލީމާއި، ބޭސްފަރުވާއާއި، ގެދޮރާއި،ފެނުގެ އިތުރުން ކޭމްޕްތައް ހިންގުމަށާއި، ދަނޑުވެރިންނަށް އެހީތެރިވުމަށާއި، މުޖުތަމައު އަލުން ބިނާކުރުމަށްކަމަށް ޔޫއެންއުން ހާމަކުރަށްވައެވެ. އަދި މި އެހީތަކުގެ ސަބަބުން ޕާކިސްތާނުގެ ހާލުގައިޖެހިފައިވާ 12 މިލިޔަން މީހުންގެ ބޭނުންތަށް ކުރިޔަށް މިއޮށް 12 މަސްދުވަސްވާންދެން، ފުއްދިގެން ދާނެކަމަށް ޔޫއެންގެ އޮފީސް ފޯ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެއިޑުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވެއެވެ.

ޔޫއެންގެ ހިއުމޭނިޓޭރިއަން ޗީފް ވަލެރީ އަމޯސް ވިދާޅުވީ އިމަޖެންސީ އެހީގެ ގޮތުގައި ޤައުމުތަކުން ދޭން ވައުދުވި 460 މިލއަން ޑޮލަރުގެ ތެރެއިން މިހާތނަށް 80 އިންސައަތް ލިބިފައިވާކަމަށެވެ. ޕާކިސްތާނާއެކު ޒަމާންތަކެއްވާންދެން ދެކޮޅުވެރިކަމެއް ބާއްވަމުން އަންނަ އަވަށްޓެރި އިންޑިޔާއިން 20 މިލިއަން ޑޮލަރު ޕާކިސްތާނަށް އެހީތެރިވުމަށްޓަކައި ޔޫއެންއާ ހަވާލުކޮށްފައިވާކަމަށް އިންޑިޔާއިން ވަނީ ހާމަކޮށްފައެވެ. އިމަޖެންސީއ އެހީގެ ގޮތުގައިވެސް އިންޑިޔާއިން ވަނީ 5 މިލިއަން ޑޮލަރު ޕާކިސްތާނާ ހަވާލުކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.