ސޫރިޔާގައި އެގައުމުގެ ސަތޭކައެށްހާ މީހުން އަނެއްކާވެސް މަރާލައިފިއެވެ. އެގައުމުގެ މެދުތެރޭ ޕްރޮވިންސެއްކަމުގައިވާ ހަމާ ދެ އަވަށެއްގައި ހިންގި މި ގަތުލްއާންމުގައި މަރާލި މީހުންގެ ތެރޭގައި 20 އަންހެނުންނާއި 20 ކުޑަ ކުދިން ހިމެނޭކަމަށް އެގައުމެގެ މިނިވަންކަމަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނެއެވެ.
ސޫރިޔާގެ މިނިވަންކަމަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެފައިވަނީ މި ގަތުލްއާންމުގައިވެސް ސަރުކާރުން ބޭނުންކޮށްފައިވަނީ ތޫނު ހަތިޔާރާއި ވަޅީގެ އިތުރުން ބަޑި ފަދަ އާލަތްތަކެވެ. ހަމަނުޖެހުން ބޮޑުވެފައިވާ މި ޕްރޮވިންސުގައި މިދިޔަ ހަފްތާގައިވެސް ވަނީ އެތަށް ސަތޭކަ ބަޔަކު ރަހުމު ކުޑަގޮތަކަށް މަރާލައިފައެވެ. އެހަމަލާތަށް ވެސް ބޮޑަށް އަމާޒުވެފައި ހުރީ ކުޑަކުދިންނަށް ކަމުގައި މީޑިޔާ ރިޕޯޓްތަށް ބުނެއެވެ.
ސޫރިޔާ ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ދޭ ހަމަލާތަށް އިތުރުވެފައި މި ވަނީ އެމެރިކާއިން ރައީސް ބައްޝާރުލް އަސަދު ވެރިކަމުގެ ބާރުތަށް ދޫކޮށްލުމަށް ގޮވާލައިފައި ވަނިކޮށެވެ. ނަމަވެސް އެމެރިކާގެ މި ގޮވާލުމާއި ދެކޮޅަށް ރަޝިޔާ އާއި ޗައިނާއިން ވަނީ ތެދުވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...