ރާއްޖޭގެ ޚަބަރު ޢަބްދުލް މުޙީތުގެ ހަނދާނުގައި މާދަމާ ދެ މިނިޓުގެ ސްކޫތެއް ގެންނަނީ

ޢަބްދުލް މުޙީތުގެ ހަނދާނުގައި މާދަމާ ދެ މިނިޓުގެ ސްކޫތެއް ގެންނަނީ

ޢަބްދުލް މުޙީތުގެ ހަނދާނުގައި މާދަމާ ދެ މިނިޓުގެ ސްކޫތެއް ގެންނަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިދިޔަ ފެބްރުއަރީ މަހު  ބަޔަކު މީހުން ވަޅިން ހަމަލާދީ މަރާލާފައިވާ ގ. ވޭރު ، ޢަބްދުލްމުޙީތުގެ ހަނދާނުގައި ދެމިނިޓުގެ ސްކޫތެއް ގެނައުމަށް ޢާއިލާއިން ނިންމައިފިއެވެ.

މި ސްކޫތުގެ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވާ ވަނީ އޭނަ މަރާލެވުނު ތަނުގައެވެ. ޢާއިލާއިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، މި ހަރަކާތް އޮންނާނީ މާދަމާ މެންދުރު 12.30 އާއި 12.40 ދެމެދުގެ ވަޤުތެއްގައި ފިނޭންސް މިނިސްޓްރީގެ ކުރިމަތީގައެވެ. އަދި ދެ މިނިޓުގެ ސްކޫތުގެ ވަޤުތުކޮޅަކަށްފަހު މައްޔިތާގެ މައްޗަށް ދުޢާ ކުރުންވެސް އޮންނާނެ ކަމަށެވެ. ވީހާވެސް ގިނަ ބަޔަކު މިކަމުގައި ބައިވެރިވެ ދެއްވުމަށްވެސް ޢާއިލާގެ ފަރާތުން އެދިލައްވައެވެ.

ޢަބްދުލްމުޙީތު މަރާލީ ފިނޭންސް ކުރިމަތީގައި އޮންނަ ގޯޅިގަނޑުގައެވެ.

މައްޔިތުންގެ މައްޗަށް ސްކޫތު ގެނައުމާ މެދު އިސްލާމީ ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ އެއީ ބިދުޢައެއް ކަމުގައެވެ. ސަޢުދީގެ ފަތުވާ ކޮމެޓީއަށް މައްޔިތުންގެ މައްޗަށް ސްކޫތު ގެނައުމާ ބެހޭގޮތުން  ހުށަހެޅުނު ސުވާލުގެ (ސުވާލު ނަމްބަރު 1674)  ޖަވާބުގައި، ސްކޫތު ގެނައުމަކީ ބިދުޢެއް ކަމަށާއި، ، އެކަމަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމްގެ ޒަމާނުގައި އެކަލޭގެފާނާއި ޞަޙާބީންވެސް ކުރައްވާފައި ނުވާ ކަމެއް ކަމަށާއި، އެއަށްފަހު އުއްމަތުގެ ސަލަފުއްޞާލިހުންވެސް ކޮށް އުޅުނު ކަމެއް ނޫން ކަމަށާއި، އެކަމަކީ ކާފަރުންގެ ފަރާތުން ވާރިދު ވެފައިވާ ކަމެއް ކަމަށާއި، މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް ވަނީ ކާފަރުންގެ މިފަދަ ކަންތައް ތަޤްލީދު ކުރުން މަނާ ކުރައްވާފައި ކަމަށާއި، ނަމަވެސް ފަހުން ފަހުން އައިސް މުސްލިމުންގެ ތެރެއިން ދީނީ ޙުކުމްތަކާއި މެދު ޖާލިހު ބައެއް ފަރާތްތަކުން އެކަން ކުރަމުންދާ ކަމަށާއި، އެކަމަކީ މާތް ﷲ އެއްކައުވަންތަ ކުރުމާއި، ތައުޙީދާ ފުށުއަރާ ކަމެއް ކަމަށް ފަތުވާ ކޮމެޓީން ވަނީ ބަޔާންކުރައްވާފައެވެ.

މީގެ އިތުރުން އިސްލާމްދީނުގައި ދިރިތިބީންގެ މައްޗަށް ވާޖިބުވެގެން ވަނީ މައްޔިތާގެ މައްޗަށް ހެޔޮ ދުޢާ ކުރުމާއި، އޭނަގެ މަތިން ޞަދަޤާތް ދިނުމާއި، އޭނާގެ ރަނގަޅު ވާހަކަ ދެއްކުމާއި، އޭނަގެ ހުރި ގޯސް ކަންތަކުގެ ވާހަކަ ބަޔާން ނުކުރުން ފަދަ މިނޫންވެސް މިފަދަ އެތައް ކަމެއްކަމަށްވެސް ވަނީ އެ ލަޖުނާގެ ފަތުވާގައި ބަޔާން ކުރައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.