އަރަބިދުނިޔެ

މުބާރަކަށް ޖަލަށް ލުމަށް ނިންމުމުން އޭނާއަށް މަރުގެ އަދަބު ދިނުމަށް ގޮވާލާ މުޒާހަރާ ތަހްރީރް މައިދާނަށް!

 

އެތައް ހާސް މީހުން މިސްރުގެ ތަހްރީރް މައިދާނުގައި މުޒާހަރާ ކުރަންމުން މިދަނީ އެޤަޢުމުގެ އެތައްސަތޭކަ ބަޔަކު މަރާލާފައިވާކަމަށް ސާބިތު ވާތީ މިސުރުގެ ކުރީގެރައީސް ހުސްނީ މުބާރަކް ޢުމުރަށް ޖަލަށްލުމަށް ކޯޓުން ޙުކުމް ކުރާމުއާއި ގުޅިގެން ނެވެ. މުޒާހަރާގެ ބައިވެރިން ގޮވަމުން ދަނީ ހުސްނީ މުބާރަކު އާއި އެނާގެ އައުވާނުންނަށް މަރުގެ އަދަބު ދިނުމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ފެށުނު މުޒާހަރާއި ގައި ބައިވެރިން ބުނަމުން ދަނީ 900 ވުރެއް ގިނަ މީހުން މަރާއިފައި ވާ މުބާރަކު އާއި އޭނާގެ ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި އަދި ސިފައިންގެ 6 ކޮމާންޑަރުން ނަށް ވެސް އުމުރަށް ޖަލަށް ލުމުގެ ބަދަލުގައި މަރުގެ ހުކުމް ކުރުމަށެވެ. މިހާރު މުބާރަކުއާއި އޭނާގެ ދެދަރިން ވެސް ވަނީ ޖުލުގައި ހައްޔަރުކުރެވިފައެވެ. ޖަލު ބަލަހައްޓާ ފަރާތްތަކުން ދަނީ މުބާރަކުއާއި އެއްޖަލަކަށް އޭނާގެ ދެދަރިން ނުލުމަށް ބުނަމުންނެވެ.

ހުސްނީ މުބާރަކަށް އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. 30 އަހަރުގެ ހުދުމުހުތާރު ވެރިން ވައްޓާލައިފައިވަނީ 18 ދުވަސް ވަންދެން މިސްރުގެ ރައްޔިތުން މުޒާހަރާ ކޮށްގެންނެވެ. އަދި މިހާރު މިސްރުގެ ރައްޔިތުން ދަނީ މިމަހުގެ 16 އަދި 17 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރު ވަމުންނެވެ. ރިޔާސީ އިންތިޚާބުގެ އެންމެ ކުރީގައި އުޅުންވާ ދެބޭފުޅުންނަކީ މުސްލިމް ބްރަދަރހުޑްގެ މުހައްމަދު މުރުސީ އާއި އަދި މުބާރަކު ސަރުކާރުގެ ޕްރިމިނިސްޓަރ އަހްމަދު ޝަފީޤްއެވެ.

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *