އަމީރު އަޙްމަދު ސްކޫލްގައި ހިންގާ މިތުރު ޤުރުއާން ކުލާސްގެ ފަރާތުން "މިތުރު ނަމާދު ކޭމްޕު 3" ފަށައިފިއެވެ.
މިކޭމްޕު ބާއްވަން ހަމަޖެހިފައިވަނީ ޖޫން 3 ން 6 ށް އަމީރު އަޙްމަދު ސްކޫލްގައެވެ. މިތުރު ޤުރުއާން ކްލާހުގެ ލީޑީން ޓީޗަރ ސީމާ އަބްދުކަރީމް ދިއިސްލާމްއަށް މަޢުލޫމާތު ދެއްވި ގޮތުގައި މިއަހަރުގެ ކޭމްޕުގެ މަޤްސަދަކީ ވެސް ކުދިންގެ ހިތްތަކުގައި ނަމާދާއި މެދު ޝައުގުވެރިކަން އުފެއްދުމާއި ނަމާދު އޭގެ ވަޤުތުގައި ކުރުމަށް ކުދިންނަށް ބާރުއެޅުމާއެކު ކުދިންނަށް ދަސްކޮށްދިނުން ކަމަށެވެ. އަދި އެކުއްޖެއްގެ އުމުރާއި ގުޅޭގޮތުން ނަމާދުގައި ކިޔާ ތަކެއްޗާއި ދުޢާތައްވެސް ދަސްކޮށްދެވޭނެ ކަމަށާއި މިކަމުގައި އުޅޭނީ ކަމުގެ ތަޖުރިބާހުރި ޓީޗަރުން ކަމަށް މައުލޫމާތު ދިނެވެ. އަދި އޭގެ އިތުރުން އަމަލީ ގޮތުން ކުދިން ވަނީ މެންދުރު ނަމާދާއި އަޞްރު ނަމާދު ޖަމާއަތުގައި ކޮށްފައެވެ.
ދެ ޖިންސުން 135 ކުދިން ބައިވެރިވާ މި ކޭމްޕުގެ އުމުރު ފުރާއަކީ 6 އަހަރާ 12 އަހަރާއި ދެމެދުގެ ކުދިންނެވެ. މިކޭމްޕު ހުޅުވުމުގެ ރަސްމިޔާތުގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވަޑައިގެން ނެވީ ކުއްލިޔަތު ދިރާސަތުލް އިސްލާމިއްޔާގެ ރެކްޓަރ ޑ.ރ އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ. ރަސްމިޔާތު އިފްތިތާހް ކުރެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ޑ.ރ ޒަކަރިއްޔާ ވިދާޅުވީ "ނަމާދުގެ މުހިއްމުކަން ބައްޓަންކުރަންވީ ގޮތް ވަރަށް ސާފު ކޮށް އެގޭކަމަށާއި އެއީ ނަމާދު ގައި އެންމެވެސް އެއް ޤިބްލައަކަށް ކުރިމަތިލުން ކަމަށް ވާތީ 'ކަމަށެވެ. ނަމާދަކީ އެއިގެން ތިމާ ދާންވީ ދިމާ ސީދާކޮށް އަންގައި ދޭ އެންމެ މުހިންމު އަޅުކަން ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި ގޮތުގައި ދިރިއުޅުން ވެސް ބައްޓަން ކުރުމާއި ބޭނުން ހާ ދިމާލަކަށް ނުދިއުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވިއެވެ.
މިކޭމްޕުގައި މިކަމާއި ގުޅުން ހުރި ތާފާތު އިތުރު ހަރާކާތް ތަކެއް ވެސް ރޭވިފައި ވާނެކަމަށާއި އަދި އެގޮތުން ޝެއިޙް އަލީ ޒާހިރުގެ ފަރާތްތުން ދަރިވަރުންނަށް ނަސޭހަތް ދިނުން ވެސް ހަމަޖެހިފައިވާ ކަމުގައި ލީޑިން ޓީޗަރ ސީމާ ވިދާޅުވިއެވެ.
އިސްލާމް ދީނަށާއި އަޅުކަންތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް މިތުރު ޤުރުއާން ކްލާހުގެ ފަރާތުން ބާއްވާ މިކޭންމްޕަށް ދަރިވަރުން ބައިވެރިކުރުމުގައި ބެލެނިވެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކަމުގައި ސީމާ ވިދާޅުވިއެވެ. އަދި މީ އެތަނުގައި ކިޔަވާ ދަރިވަރުންނަށް ހިލޭ ހިންގޭ ކޭމްޕެކެވެ. އަދި މާލޭގެ 11 ސްކޫލަކުން ދަރިވަރުން ބައިވެރިވެއެވެ.

















advertisment
ޚިޔާލު