
ޝައިޚް މުޙައްމަދު އިބްރާހީމް ( ނައިފަރު ) ، "ކިތާބުއް ޞިޔާމް" ގެ ނަމުގައި ރޯދައާއި ގުޅިފައިވާ ޙުކުމްތަކާއި، ރޯދައާއި ގުޅިފައިވާ އެންމެހާ މަޢުލޫމާތުތައް ހިމެނޭ ގޮތަށް ފޮތެއް ލިޔެ ޖަމާކޮށްފިއެވެ.
ޚަބަރު ލިބޭގޮތުގައި މިއީ ގާތްގަނޑަކަށް 164 ޞަފްޙާގެ މަޢުލޫމާތުގެ މައްޗަށް އެކުލަވާލާފައިވާ ފޮތެކެވެ. މި ފޮތުގައި ރޯދައިގެ ޙުކުމްތަކާއި ރޯދައާއި ގުޅޭ އެންމެހާ މަޢުލޫމާތުތައް ވަރަށް ތަފްޞީލްކޮށް ބަޔާންކޮށްދީފައިވެއެވެ. އަދި މީގެ އިތުރުން އިޢުތިކާފާ ބެހޭ ޙުކުމްތައްވެސް ފޮތުގައި ބަޔާންކޮށްފައިވެއެވެ.
މިފޮތާއި ގުޅޭގޮތުން ޝައިޚްއާއި ސުވާލު ކުރުމުން ވިދާޅުވީ " ﷲ އިރާދަކުރެއްވިއްޔާ ރަމަޟާން މަހުގެ ކުރިން މި ފޮތް ސައިޓްތަކުން ލިބޭވަރުވާނެ. މިފޮތުން ރޯދައާއި ގުޅިފައިވާ އެންމެހާ ކަންތައްތަކުގެ މަޢުލޫމާތު ލިބިގެންދާނެ. ދުޢާއަކީ މިފޮތުން ދިވެހި ދަރީންނަށް މަންފާ ލިބި، ދިވެހި ދަރީންނަށް ދީނުގެ ޝަރުޢީ ޢިލްމު ލިބި އަދި ބަޝީރަތުގެ މަތީގައި ހުރިހާ އަޅުކަމެއް ކުރުމުގެ ތަވްފީޤް ﷲ ސުބްޙާނަހޫ ވަތަޢާލާ މިންވަރުކުރެއްވުން " މިއެވެ.
ފޮތް ލިޔެ ޖަމާކުރުމަށްފަހު މިހާރު ކުރިއަށްދަނީ ފޮތް އަލުން މުރާޖާކޮށް، ކުށް އިޞްލާޙްކުރުމާއި އެނޫންވެސް އެފަދަ މަސައްކަތްތަކެވެ.
ޝައިޚް މުޙައްމަދު އިބްރާހީމް ( ނައިފަރު ) އަކީ މި ފޮތުގެ އިތުރުންވެސް ވަރަށް ގިނަ ދީނީ ފޮތްތައް ލިޔުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ކިތާބުއް ތަވްޙީދާއި، ކިތާބުއް ޠަހާރަތާއި، ކިތާބުއް ޞަލާތާއި، ސުންނަތާއި ޖަމާޢަތުގެ އަހްލުވެރިންގެ އަޤީދާ ފަދަ ފޮތްތަށް ފާހަގަ ކުރެވެއެވެ. އަދި މީގެ އިތުރުންވެސް އެތައް ފޮތެއް ޝައިޚް ލިޔުއްވާފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...