ރާއްޖޭގެ ޚަބަރު މިދިޔަ ރަމްޟާންމަހު ޤާހިރާގައި ބޭއްވި ބައިނަލްއަޤުވާމީ 18 ވަނަ ޤުރުއާން މުބާރާތުން ދިވެހި ދަރިވަރަކު 2 ވަނަ ހޯދައިފި

މިދިޔަ ރަމްޟާންމަހު ޤާހިރާގައި ބޭއްވި ބައިނަލްއަޤުވާމީ 18 ވަނަ ޤުރުއާން މުބާރާތުން ދިވެހި ދަރިވަރަކު 2 ވަނަ ހޯދައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

މިދިޔަ ރަމްޟާންމަހު މިޞްރުގެ ވެރިރަށް ޤާހިރާގައިބޭއްވި ބައިނަލްއަޤުވާމީ 18 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވެ ދިވެހި ދަރިވަރަކު 2 ވަނަ ހޯދައިފިއެވެ.

މިމުބާރާތުގައި 2 ވަނަ ހޯދި ދަރިވަރަކީ އަލްމަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގައި ކިޔަވަމުންދާ ހ. ލަކީ ލާސްޓް އުމުރުން 12 އަހަރުގެ ރިފުދާ މުޙައްމަދު ރަޝީދު ކަމަށް ވަނީ ހަބަރު ލިބިފައެވެ. ރިފުދާ މިމުބާރާތުން 2 ވަނަ ހޯދައިފައިވަނީ މުބާރާތުގައި ބައިވެރިވި 68 ޤައުމުގެ 100 ބައިވެރިންނާއި ވާދަކޮށެވެ. ދެ ބުރަށް ކުރިއަށްގެންދިޔަ މުބާރާތުގެ ފުރަތަމަ ބުރުން ރިފުދާވަނީ އެއްވަނަ ހޯދާފައެވެ. އަދި މުބާރާތުގެ ދެ ވަނަ ހޯދައިފައިވަނީ ދެވަނަ ބުރުގައި 95.7 މާކުސް ހޯދައިގެންނެވެ.

މުބާރާތުގެ ދެވަނަ ހޯދާފައިވާ ރިފުދާ މުޙައްމަދު ރަޝީދު އިނާމު ހާސިލްކޮށްފައިވަނީ، މިޞްރުގެ ރައީސް އައސައްޔިދު މުޙައްމަދު ހުސްނީ މުބާރަކުގެ އަތްޕުޅުންނެވެ.

މިމިމުބާރާތުގައި ބައިވެރިވި އެންމެ ހަގު ބައިވެރިޔަކީ ރިފުދާކަންވެސް ފާހަނގަކޮށްލެވެއެވެ. އަދި މިމުބާރާތުގައި ރިފުދާ ފިޔަވައި ދެންބައިވެރިވެފައިވަނީ ބޮޑެތި މީހުންކަންވެސް ފާހަނގަކޮށްލަމެވެ.

މީގެކުރިން ދިވެހި ރާއްޖެ ތަމުސީލުކުރުމަށް ބައިވެރިވާ ބައިނަލްއަޤުވާމީ އެންހެން މުބާރާތުގައި ރަން ވަނަތައް ހޯދި ފަރާތްތަކަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުންނާއި އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ އެހެން މުއައްސަސާތަކުން އަގުވަޒަންކޮށް އިނާމު ދިނުމުގެ ޖަލްސާ ބާއްވާފައެވެ. ނަމަވެސް ބައިނަލްއަޤުވާމީ  ޤުރުއާންމުބާރާތެއްގައި ބައިވެރިވެ 2 ވަނަ ހޯދާފައިވާ ދަރިވަރެއްގެ ޝަރަފުގައި އެކަން ފާހަގަ ނުކުރާކަން ފާހަނގަކުރަމެވެ. އަދި ބައިނަލްއަޤުވާމީ ޤުރުއާންމުބާރާތެއްގައި ރާއްޖެއަށް ރީތި ނަމެއް ހޯދައިދީފަވާ ދަރިވަރެއްގެ ޙަބަރުގެ  މީޑިޔާތަކުން ގެނެސްދީފައިވާލެއް "ފިނިކަން"  ފާހަގަކުރަމެވެ.

ޓެގް

ދީން ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.