ރާއްޖޭގެ ޚަބަރު ޖަމިއްޔަތުއް ސަލަފާއި ބައެއް ޢަޚުން އިންތިޒާމްކޮށްގެން ޢީދު ފާހަގަކޮށްފި

ޖަމިއްޔަތުއް ސަލަފާއި ބައެއް ޢަޚުން އިންތިޒާމްކޮށްގެން ޢީދު ފާހަގަކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ޖަމިއްޔަތުއް ސަލަފާއި ބައެއް ޢަޚުން އިންތިޒާމްކޮށްގެން ޢީދު ފާހަގަކޮށްފިއެވެ.

ޢިއްޔެ ޢީދު ނަމާދަށްފަހު ތާޖުއްދީނު ސުކޫލުގައި ޢީދު ފާހަގަ ކުރުމުގެ ގޮތުންވަނީ ގިނަ އަދަދެއްގެ އަޚުންނާއި އުޚުތުން ޖަމާވެ ގުޅުން ބަދަހިކޮށްފައެވެ. އެގޮތުން ބޮނޑިބަތް ކެއުމުގެ އިތުރުން ބައެއް ޝެއިހުން ވަނީ ހާޒިރުވެ ތިބި މީހުންނަށް މުހާތަބުކޮށް ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ރާއްޖޭން ބޭރުގައި ދިރިއުޅުއްވާ ޝެއިހް ޖައުފަރު ދައުވަތުގެ މައިދާނުގެ ދުވަސްތަކުގެ ވާހަކަ ހާޒިރީންނާއި އެކު ވަނީ ހިއްސާކޮށްފައެވެ. އަދި ރާއްޖޭގައި ޝެއިހްއަށް ކުރިން ކުރިމަތިވި ދުއްތުރާތަކާއި ސައުދީ އާއި ރަޝިޔާގައި ދައުވަތު ފެތުރުމުގައި ކުރިމަތިވި ގޮންޖެހުންތަކުގެ ވާހަކަތައްވަނީ ކިޔައިދެއްވާފައެވެ. ޝެއިހް ފަރީދުވެސް ވަނީ މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވާފައެވެ. ޝެއިހްގެ ވާހަކައިގައި ބައިބައިވެ ނުދިއުމަށާއި އެއްބަޔެއްގެ ގޮތުގައި ތިބުމަށްވަނީ އިލްތިމާސްކޮށްފައެވެ. ރާއްޖޭގެ ގިނަ އަދަދެއްގެ ޝެއިހުންވެސް ވަނީ މިހަރަކާތުގައި ބައިވެރިވެ އެއްބަޔަކު އަނެއް ބަޔަކަށް ތަޢާރަފްވެ ޢީދުގެ ތަހުނިޔާ ކިޔާފައެވެ.

ޢީދު ފާހަގަ ކުރުމުގެ ގޮތުން ކުރިއަށްދިޔަ މިހަރަކާތުގައި ޒުވާނުންނާއި މުސްކުޅިންނާއި ކުޑަކުދިންވެސް ވަނީ ބައިވެރިވެފައެވެ. މިއީ ފަހަކަށް އައިސް މާލޭގައި ޢީދު ފާހަގަކުރުމުގެ ގޮތުން ބޭއްވި މިފަދަ އެންމެ ބޮޑު ހަރަކާތްކަން ފާހަގަކޮށްލަން ޖެހެއެވެ. ދިއިސްލާމްއަށް ހަބަރު ލިބިފައިވާ ގޮތުގައި ދެން އަންނަ ޢީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް ދަނީ ވާހަކަތައް ދެކެވެމުންނެވެ.

ޓެގް

ދީން ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.