ރާއްޖޭގެ ޚަބަރު މާލޭގެ 21 މިސްކިތެއްގައި 1431 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

މާލޭގެ 21 މިސްކިތެއްގައި 1431 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހަސަން ޝިޔާޒް

1431 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދު، މާލޭގެ 21 މިސްކިތެއްގައި ކުރެވޭނެ އިންތިޒާމް ހަމަޖައްސަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފިއެވެ. މި 21 މިސްކިތުގެ ތެރެއިން 14 މިސްކިތެއްގައި އަންހެން ބޭފުޅުންނަށް ޢީދު ނަމާދު ކުރެއްވުމުގެ ފުރުޞަތު ތަނަވަސްކޮށްދެއްވާފައިވާ ކަމަށް ޚަބަރު ލިބެއެވެ.

މިގޮތުން މާލޭގައި ޢީދު ނަމާދު ކުރުމަށްޓަކައި ހަމަޖެހިފައިވާ މިސްކިތްތަކަކީ :

1-    މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް

2-     މަސްޖިދުއްސުލްޠާން މުޙައްމަދުބިން ޢަބްދިﷲ

3-    މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން

4-     މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލް

5-     މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން

6-    މާލޭ ހުކުރު މިސްކިތް

7-    މަސްޖިދު ޞަލާޙުއްދީން

8-    މަސްޖިދު ޖަލާލުއްދީން

9-    މަސްޖިދުލް ފުރުޤާން (ވަގުތީ)

10-    މަސްޖިދުއްނޫރު

11-    މަސްޖިދު އިބްރާހީމް

12-    މަސްޖިދު ޝަޙީދު ޢަލީ

13-    މަސްޖިދު ބަހާއުއްދީން

14-    މަސްޖިދު އިސްކަންދަރު

15-    މަސްޖިދުލް ބަރުބަރީ

16-    މަސްޖިދު އަފީފުއްދީން

17-    މަސްޖިދު ސަބީލް ( ހުޅުލެ)

18-    މަސްޖިދު ސަލާމް (ވިލިނގިލި)

19-    މަސްޖިދު އިޚްލާޞް (ވިލިނގިލި)

20-    މަސްޖިދު އަމާނީ (ހުޅުމާލެ)

21-    މަސްޖިދުއްޝައިޚް ޤާސިމްބިން އަލްޘާނީ (ހުޅުމާލެ) އެވެ.

މީގެތެރެއިން އަންހެން ބޭފުޅުންނަށް ޢީދު ނަމާދު ކުރެއްވޭނެ އިންތިޒާމް ހަމަޖެހިފައިވާ މިސްކިތްތަކަކީ :

1-    މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް

2-    މަސްޖިދުއްސުލްޠާން މުޙައްމަދުބިން ޢަބްދިﷲ

3-    މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލް

4-    މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން

5-    މަސްޖިދު ޞަލާޙުއްދީން

6-    މަސްޖިދު ޖަލާލުއްދީން

7-    މަސްޖިދުއްނޫރު.

8-    މަސްޖިދު އިބްރާހީމް

9-    މަސްޖިދު ޝަހީދު ޢަލީ

10-    މަސްޖިދު އިސްކަންދަރު

11-    މަސްޖިދުލް ފުރުޤާން

12-    މަސްޖިދު ސަލާމް (ވިލިނގިލި)

13-    މަސްޖިދު އިޚްލާޞް (ވިލިނގިލި)

14-    މަސްޖިދުއްޝައިޚް ޤާސިމްބިން އަލްޘާނީ (ހުޅުމާލެ)  އެވެ.

އިސްލާމިކް މިނިސްޓްރީ އިން މަޢުލޫމާތު ދެއްވާ ގޮތުގައި، ޢީދު ނަމާދަށް އިސްލާމީ މަރުކަޒަށް އަންނަ މީހުންނަށް ފަސޭހަވާނޭ ގޮތަށް ގިނަ ބަޔަކަށް ޖަމާޢަތުގައި ނަމާދު ކުރުމުގެ ފުރުޞަތު ހޯދައި ދިނުމުގެ މަޤްޞަދުގައި އިސްލާމީ މަރުކަޒާއި، ސިފައިންގެ މައި މަރުކަޒާ ދެމެދުގައި އޮންނަ މަގުގައާއި، އިސްލާމީ މަރުކަޒުގެ ދެފަރާތުގައި އޮންނަ ދެމަގު (މެދުޒިޔާރަތްމަގާއި، އަމީރު އަޙްމަދު މަގު) އަދި ޖުމްހޫރީ މައިދާނުގައި ޢީދު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެފަރާތުން އެބަ މަސައްކަތްކުރައްވައެވެ.

މިގޮތުން އަންހެން ބޭފުޅުންނަށް ޚާއްޞަ ކުރެވިފައިވަނީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ 03 ވަނަ ބުރިކަމަށާއި، މިބޭފުޅުންނަށް ޚާއްޞަކުރެވިފައިވާ ބަޔަށް އަރާވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިސްކިތުގެ އިރުމަތީ ސިޑިން ކަމަށާއި، ފައިވާން ބެހެއްޓުމަށް ހަމަޖެހިފައިވަނީވެސް 03 ވަނަ ބުރީގައި ބަހައްޓާފައި ހުންނަ ހަރުތަކެއްގަ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކުރައްވައެވެ.

ފިރިހެން ބޭފުޅުންނަށް މައި މިސްކިތާއި، ތިރީބުރިއާއި، މަގުމަތީގައި ނަމާދުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ފިރިހެން ބޭފުޅުންގެ ތެރެއިން ލަހުން ވަޑައިގެންނެވޭ ބޭފުޅުން ބިންމަތީގައި އަޅުއްވާނެ އެއްޗެއް ހިއްޕަވައިގެން ވަޑައިގެންނެވުމާއި، ފައިމަގުގައި ޢީދު ނަމާދަށް ޙާޟިރުވުމަކީ އެދެވިގެންވާ ކަމެއް ކަމަށް ޙާޟިރުވުމަށް އިސްލާމިކް މިނިސްޓްރީ އިން އިރުޝާދު ދެއްވައެވެ.

ޢީދު ވިލޭރޭ 12:00 ން ފެށިގެން އިސްލާމީ މަރުކަޒުގެ ދެފަރާތުގައި އޮންނަ ދެމަގު (މެދުޒިޔާރަތްމަގާއި، އަމީރު އަޙްމަދު މަގު)  ގެ ޕާކްކުރުމަށް ކަނަޑައަޅާފައި އޮންނަ ސަރަޙައްދުގައި ޕާކްކުރުމަށާއި މަގު ހުރަސްކުރުމަށް އެގަޑީގައި ދުއްވާ ތަކެތީގައި ވަދެ ނުއުޅުއްވުމަށް އިސްލާމިކް މިނިސްޓްރީ އިން އިން އިލްތިމާސްކުރައްވައެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ މިސަރަޙައްދުގައި މިރޭ 22:00 ން މާދަމާގެ 09:00 ށް ވެހިކަލް ޕާކްކުރުމަކީ މަނާކަމެއްކަމަށާއި، މިގަޑިތަކުގައި ޕާކްކުރެވޭ ވެހިކަލްތައް ޓޯވް ކުރެވޭނެކަން އަންގައިދޭ ބޯޑް ބަހައްޓާފައެވެ.

ރާއްޖޭގައި ޢީދު ނަމާދުކުރަން ފެށުމަށް ހަމަޖެހިފައިވާ ގަޑި އަކީ ހެނދުނު 7:30 ގައެވެ.

ޓެގް

ދީން ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.