ނިއުޒީލެންޑަށް އައި ބިންހެލުމަށްފަހު ލޫޓްވުން އާންމުވެއްޖެކަމަށް އެގައުމުގެ މީޑިއާތަކުން ހަބަރުދެއެވެ.
ނިއުޒީލެންޑްގެ ކްރިސްޓްޗާރޗަށް ބިންހެލުން އައިތާ މާގިނަ އިރެއް ނުވެ އަސަރަހައްދުގެ ބައެއް މީހުންވަނީ ތަންތަން ލޫޓްވުމަށް އަވަސްވެގެންފައެވެ. އެގޮތުން އާންމުންނަށް ބިންހެލުމާއި އެކު އައިސްފައިވާ ބިރުވެރިކަމާއި ހަމަހިމެންކަމުގެ ފައިދާ ނަގާ ވަގުން ދަނީ އެތަން މިތަން ލޫޓްވަމުންނެވެ. ހަބަރު ލިބޭގޮތުގައި ބިންހެލުމުގެ ސަބަބުން ޖަލަކަށް ގެއްލުން ލިބި ޖަލުންވެސް ވަނީ ބައެއް ކުށްވެރިން ފިލާފައެވެ.
ހަބަރު ލިބޭގޮތުގައި ނިއުޒީލެންޑަށް އައި ބިންހެލުމުގައި ބައެއް އިމާރާތްތައް ހަލާކުވުމުގެ ސަބަބުން އެސަރަހައްދުވަނީ ބަންދުކޮށްފައެވެ. އަދި ބައެއް އިމާރާތްތަކުގައި ރެނދުލައި އިމާރާތްތަކުން ބިއްލޫރި ފައިބަމުންދާތީ އެކަމުގެ ބިރުވެރިކަންވެސް ވަނީ އާންމުވެފައެވެ.
ބިންހެލުމާއި އެކު ވަގުންގެ އުދަނގޫ އާންމުވުމާއި އެކު ނިއުޒީލެންޑްގެ ފަނޑިޔާރުން ވަނީ ލޫޓްވާ މީހުންނަށް ހަރުކަށި އަދަބު ދޭންޖެހޭނެ ކަމަށް ބުނެ އިންޒާރުކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...