މިނިސްޓާރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަބުދުލް މަޖީދު އަބުދުލް ބާރީ ދިވެހިރައްޔިތުންނަށާއި އިސްލާމީ ޤައުމުތަކުގެވެރިންނަށާއި ޢިލުމުވެރިންނަށް ފިތުރު ޢީދުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
ޑރ. މަޖީދު ފިތުރު އީދުގެ ތަހުނިއްޔާ ފޮނުއްވާފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މިއަހަރުގެ ރަމްޟާމަހުގެ ރޭތައް އިހްޔާކުރުމުގެ ގޮތުން ބޭއްވި ފަހުޖަލްސާގައެވެ. ފިތުރު އީދުގެ ތަހުނިޔާ ފޮނުއްވަމުން ޑރ. އަބުދުލް މަޖީދު އަބުދުލް ބާރީ ވިދާޅުވީ "ދިވެހި ރައްޔިތުންނަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، ރާއްޖޭގެ ރައިސްލްޖުމުހުރިއްޔާގެ ދެކަނބަލުންނަށާއި، ރައިސްލްޖުމުހޫރިއްޔާގެ ނައިބުގެ ދެކަނބލުންނަށް ފިތުރު ޢީދުގެ ތަހުނިއްޔާ ފޮނުއްވާ"ކަމަށެވެ. އަދި އެމަނިކުފާން ވަނީ އިސްލާމީ ޤަޢުމުތަކުގެ ވެރިންނާއި ޢިލުމުވެރިންނަށް ތަހުނިޔާ ފޮނުވާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...