ފުރައްސާރަ ކުރުމުގައި ތަފާތު ދަރަޖަ ތަކެއް ވެއެވެ. އޭގެ ތެރޭގައި މިއްލަތުން ބޭރުވާ ވަރުގެ ބޮޑު ކުފުރާއި، ފިސްގާއި، ދެޙުކުމް ދެމެދަށް ފެތޭ ފަދަކަންތައްތައް ހިމެނިގެންވެއެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ނުވަތަ އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ނުވަތަ އެކަލާނގެ ބާވާލެއްވި ފޮތަށް ފުރައްސާރަކޮށްފި މީހާ ވަނީ ދީނުން ބޭރުވެފައެވެ. ސޫރަތުއް ތައުބާގެ 65 އިން 66 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚ قُلْ أَبِاللَّـهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ ﴿٦٥﴾ لَا تَعْتَذِرُوا قَدْ كَفَرْتُم بَعْدَ إِيمَانِكُمْ ۚ إِن نَّعْفُ عَن طَائِفَةٍ مِّنكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِمِينَ ﴿٦٦﴾) މާނައަކީ: " ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّه އާއި،އެކަލާނގެ آية ތަކާއި، އެކަލާނގެ رسول އާއަށް ހެއްޔެވެ؟ ތިޔަބައިމީހުން عذرނުދައްކާށެވެ! ތިޔަބައިމީހުން إيمان ވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ كافرވެފައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށް ތިމަންރަސްކަލާނގެ عفوކުރެއްވިޔަސް، އަނެއްބަޔަކަށް ތިމަންރަސްކަލާނގެ عذاب ދެއްވަމެވެ. އެއީ ހަމަކަށަވަރުން، އެއުރެން ކުށްވެރި ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ." މިއީ ހުރިހާ ޢިލްމުވެރިން އިޖްމާޢުވެލައްވާ މައްސަލައެކެވެ.
މީސްތަކުންގެ ޛާތީ ކަންތަކަށް ފުރައްސާރަ ކުރުން، ނުވަތަ ދުނިޔަވީ ގޮތުން މީސްތަކުން ކުރަމުންގެ ގެންދާ ކަމަކަށް ފުރައްސާރަކޮށް ހެދުން. މިފަދަ ކަންތައްތަކަކީ ފިސްގެކެވެ. ސޫރަތުލް ޙުޖުރާތުގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰ أَن يَكُونُوا خَيْرًا مِّنْهُمْ وَلَا نِسَاءٌ مِّن نِّسَاءٍ عَسَىٰ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَن لَّمْ يَتُبْ فَأُولَـٰئِكَ هُمُ الظَّالِمُونَ) މާނައަކީ: " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަلقب ތަކުން ނުގޮވާށެވެ! إيمان ވުމަށްފަހު فاسق ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ."
މުސްލިމެއްގެ ދީންވެރި ކަމަށް ޓަކައި ނުވަތަ ސުންނަތާ އެއްގޮތަށް އުޅުމަށް މަސައްކަތް ކުރާތީ އެކަމާ ފުރައްސާރަ ކުރާނަމަ، އެކަންވެގެންދާނީ މިއްލަތުން ބޭރުވުމާއި ފިސްގާއި ދެމެދުގެ ކަމަކަށެވެ. ފުރައްސާރަ ކުރަނީ އެމުސްލިމަކު ތަބަޢަވެގެން ހުރި ޝަރީޢަތުގެ ޛާތަށް ކަމަށް ވަނީނަމަ، އެކަންވާނީ މިއްލަތުން ބޭރުވާ ވަރުގެ ކަމަކަށެވެ. ފުރައްސާރަ ކުރަނީ ސީދާ މީހާ އަށް ކަމަށް ވަނީނަމަ، މިޘާލަކަށް އެމީހަކީ ދީންވެރިކަން ފާޅުކުރަން އެކަށީގެންވާ މީހެއް ނޫން ކަމަށް ބުނުން، ނުވަތަ އެމީހަކު ޢަމަލު ކުރަނީ ސުންނަތުން ޘާބިތުވާން އޮތް ވަރަށް ވުރެ ހަރުކަށިކޮށް ކަމަށް ބުނުން، ފަދަ ކަންތައް ވެގެންދާނީ ފިސްގަށެވެ.
ފަޟީލަތުއްޝައިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް ރަޙިމަހުﷲ އާއި ސުވާލު ކުރެވުނެވެ.
މީހަކު އޭނާގެ ހެދުން ކުރުކޮށްފައި ހުންނާތީ ނުވަތަ ތުނބުޅި ދިގުކޮށްފައި ހުންނާތީ މަލާމާތްކޮށް ފުރައްސާރަކޮށް ހަދާނަމަ، އެކަން ކުރާ މީހަކު ދީނުން ބޭރުވާނެތޯއެވެ؟
ޖަވާބުގައި ވިދާޅުވިއެވެ.
އެމީހަކު މަލާމާތް ކުރަނީ ދީނަށް ކަމަށް ވަނީނަމަ އެމީހަކު އެވަނީ މުރްތައްދުވެފައެވެ. ސޫރަތުއް ތައުބާގެ 65 އިން 66 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚ قُلْ أَبِاللَّـهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ ﴿٦٥﴾ لَا تَعْتَذِرُوا قَدْ كَفَرْتُم بَعْدَ إِيمَانِكُمْ ۚ إِن نَّعْفُ عَن طَائِفَةٍ مِّنكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِمِينَ ﴿٦٦﴾) މާނައަކީ: " ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّه އާއި، އެކަލާނގެ آيةތަކާއި، އެކަލާނގެ رسول އާއަށް ހެއްޔެވެ؟ ތިޔަބައިމީހުން عذر ނުދައްކާށެވެ! ތިޔަބައިމީހުންإيمان ވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ كافر ވެފައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެތެރެއިން ބަޔަކަށް ތިމަންރަސްކަލާނގެ عفو ކުރެއްވިޔަސް، އަނެއްބަޔަކަށް ތިމަންރަސްކަލާނގެعذاب ދެއްވަމެވެ. އެއީ ހަމަކަށަވަރުން، އެއުރެން ކުށްވެރި ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ."
އެމީހަކު މަލާމާތްކޮށް ފުރައްސާރަކޮށް ހަދަނީ އެމީހަކު ހެދުން ކުރުކޮށް، ތުނބުޅި ބަހައްޓާފައި، ދީނުގައި އައިސްފައިވާ އެހެން ކަންކަމުގައި ފަރުވާ ކުޑަ ކުރުމުން ކަމަށް ވެފައި، އެމަލާމާތް ކުރަނީ ދީނުގެކަންތައް ފުރިހަމަ ނޫން ކަމަށް ދެކިގެން ކަމަށް ވަނީނަމަ، އެއީ ދީނުން ބޭރުވާ ވަރުގެ ކަމެކެވެ. އެކަމެއް ކުރަނީ ސަމާސާ އަކަށް ނުވަތަ މަޖަލަކަށް ކަމަށް ވަނީނަމަ އެއީ ކުރުން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. އެފަދަ މީހަކު ވަނީ ނުރައްކަލެއްގެ މަތީގައެވެ. އެމީހެއްގެ މަގްޞަދަކީ ދީނަށް ފުރައްސާރަކުރުން ކަމަށް ވަނީނަމަ ދީނުން ބޭރުވާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...