ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހު ސިފައިންނާއި ފުލުހުން އެމަނިކުފާނު އަވަހާރަކޮށްލަން ތައްޔާރުވަމުން ދިޔަ މަންޒަރު ވަރަށް ސާފުކޮށް ފެނުނު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
” މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުވެސް ހަވަރަށް ދިން ދުވަހު، އެދުވަހުވެސް ދުވަހުން ދުވަހަކަށް އަވަހާރަކޮށެއް ނުލާ، މަރައެއް ނުލެވުނު. އެހެން ނަމަވެސް އަޅުގަނޑު މެނަށް 7 ވަނަ ދުވަހު ފެނުނީ ހަމަގައިމުވެސް އަޅުގަނޑަށް ފެނުނީ އަދި އަޅުގަނޑު ސިފައިންގޭގައި (ބަނޑޭރިގޭގައި) ހުރެގެން ބަލަމުން ދިޔައިރުގަ ވަރަށް ސާފްކޮށް ފެނުން އަޅުގަނޑު މަރާލުމަށް ތައްޔާރުވަމުން އައި އައުން. އަދި އެކިއެކި ސިފައިންނާއި ފުލުހުން މައިކުން މިތަގުރީރުތައް ދީ، މަރާލާނެގޮތް ކިޔައިދެމުން އައި އައުން." އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ގެންދަވަނީ އެމަނިކުފާނުގެ ވެރިކަން ވެއްޓިގެން ދިޔަ ގޮތްގޮތް އަދި އެދުވަހުގެ ކަންކަން ހިނގައިދިޔަ ގޮތްގޮތް ތަފާތު އެކި މޭރަމުން ވާހަކަފުޅުދައްކަވަމުންނެވެ.
ނަޝީދުގެ ވެރިކަން ފަސް އަހަރު ދުވަހުގެ ދައުރު ހަމަނުވެ ވެއްޓިގެން ދިޔައީ މި އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހުއެވެ. މީގެއިތުރުން މިހާރުގެ ވެރިކަމަކީ ބަޣާވާތަކުން ގެނައި ވެރިކަމެއްކަމަށް ނަޝީދާއި އެމްޑީޕީ އިން ދަނީ ތުހުމަތުކުރަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...