ފަރަންސޭސިވިލާތުގައި މިހާރު ކުރިއަށް ދާ ވޯޓު ލުމުގެ ފަހުބުރުގައިވެސް ނިކޮލަސް ސަރަކޯޒީއަށް ނާކާމިޔާބީއާ ކުރިމަތިވެއްޖެއެވެ. އޭޕްރީލް 22 ވަނަ ދުވަހު ކުރިޔަށް ދިޔަ ފުރަތަމަ ބުރުގެ ވޯޓުންވެސް ސަރަކޯޒީ ވަނީ، އޭނައާ ވާދަކުރެއްވި ސޯޝަލިސްޓް ކެންޑިޑޭޓް ފްރެންކޮއިސް ހޮލެންޑާ ވާދަކުރައްވާ ނާކާމިޔާބުވެ ފައެވެ.
ނިކޮލަސް ސަރަކޯޒީއަކީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، ފަރަންސޭސި ވިލާތުގެ ރައީސްކަމަށް އިންތިހާބުވި، ދެވަނަ ބޮޑު ހަނގުރާމައިގެ ބަތަލެއްގެ ގޮތުގައި އެ ޤައުމުގެ ރައްޔިތުން ބަލާ ޖެނެރަލް ޗާލްސް ޑި ގައުލް އަށް ފަހު އެންމެ ބޮޑު ތާއީދަކާ އެކު ރައީސްކަމަށް އިނތިހާބުވި ކެންޑިޑޭޓެވެ. ނަމަވެސް އިންތިހާބުން ނާކާމިޔާބުވިއިރު ސަރަކޯޒީއަށް އޮތް ތާއީދުވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
ފަރަންސޭސީންގެ ކުރިމަތީ ސަރަކޯޒީއަށް އޮތް ތާއީދު ގެއްލެން މެދުވެރިވީ ކަންކަމަށް ބަލާއިރު، ފުރަތަމަ ދައުރަށް އިންތިހާބުވުމާއެކު ޕެރިހުގައި ހުންނަ އަގުބޮޑު ރެސްޓޯރަންޓެއްގައި ބޮޑެތި ވިޔަފާރިވެރިންތަކަކާއެކު ކާމިޔާބު ފާޅުކުރުމާއި، އޭގެތެރެއިން ބިލިއަނަރެއްގެ ޔޮޓެއްގައި މަލްޓާގެ އައްސޭރިއަށް ދިޔުމުގެ އިތުރުން، ވެރިކަމުގައި ހުންނަވާ އަނބިކަނބަލުން ސެސީލިއާ ވަރިކުރައްވާ ތިންވަނަ ކައިވެންޏެއް ކުރެއްވުން ފާހަގަކޮށްލެވޭ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި މީގެ އިތުރުން ވަޒީފާ ނެތް މީހުންގެ ނިސްބަތް އިންތިހާއަށް އިތުރުވުމަކީވެސް ސަރަކޯޒީއަށް އިނތިހާބުގައި ނާކާމިޔާބާކުރިމަތިވި އެއް ސަބަބު ކަމުގައި ބައެއް ފަރާތްތަކުން ބުނެއެވެ.
ސަރަކޯޒީގެ ވެރިކަމުގައި އޭނާވަނީ މުސްލިމުންނަށް ތަފާތު ގޮތް ގޮތުން ދަތިކޮށްފައެވެ. މިގޮތުން މުސްލިމު އުޚްތުން މޫނުބުރުގާ އަޅައިގެން ބޭރަށް ނިކުތުން މަނާކޮށް އެ ޤާނޫނަށް ބޯނުލަނބާނަމަ އެކަނބަލުން ޖޫރިމާނާކުރުންފަދަ އިސްލާމް ދީނާ ދެކޮޅު ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ. 6 މިލިއަނާ ގާތްކުރާ އަދަދެއްގެ މުސްލިމުންގެ އާބާދީއަކާއެކު ފަރަންސޭސިވިލާތަކީ ޔޫރަޕުގައި މުސްލިމުން އެންމެ ގިނަ ޤައުމެވެ.

















ދިވެހިންގެ ރައީސް ކަމަށް ކުރިމަތިލާ މީހުން އެމީހުންގެ އަންބިދަރިން އިސްލާހުކޮށް ތަރުބިއްޔަތ ކޮށް ފައިވާ މިންވަރާއި ފަންވަރު ބައްލަވާފަ ވޯޓް ދެއްވުން އެއީ ރައްޔިތުންނަށް ލިބޭނެ ކުރިއެރުމެއް، އެމީހެއްގެ އަންބިދަރިން އިސްލާހު ނުކުރެވުނު މީހަކަށް ޤައުމުވެސް އިސްލާހެއް ނުކުރެވޭނެ! އެފަދަ މީހުންނަކީ ބޮޑެތި ފެއިލަރުން!
ދިވެހިންގެ ޤައުމަށާއި ރައްޔިތުން ނަށް ހަރާން ކޯރްވެފައިވާ ވެރިން ނާކާމިޔާބު ކުރުމަށް ދިވެހިނވެސް ހަމަ އަތުކުރި އޮޅާލަންވީ، ރައްޔިތުން ނަށް ހަރާން ކޯރުވެފައިވާ މީހުން މިޤައުމުގައިވެސް މަދެއްނޫން؟
ދިވެހިންގެ ވެރިން ރައްޔިތުން ބިނާކޮއްފައިވަނީ، އިސްލާމް ދީނުގެ އެއްބަޔަށް އީމާންވެފައި އަނެއްބަޔަށް ކާފިރުވެ އުޅޭބަޔެއްގެ ގޮތުގައި، މުޅި އިސްލާމް ދީނަށް އުޅޭން ދަސްކޮށެއް ދީފަކާ ނުވޭ!
މައުމޫނާއި ނަޝީދަކީ އަންބިދަރިން އިސްލާހުނުކުރެވުނު ބޮޑު ދެ ފެއިލަރުން، ހަމަ އެއްތައްގަޑެއްގެ ދެ މީހުން؟
ވަރަށް ގަބޫލުކުރެވޭ ކޮމެންޓްތަކެކެވެ. އިސްލާމް ދީނަށާއި ރާއްޖެއަށް ހަރާންކޯރުވެފައިވާ ނުލަފާ ވެރިންގެ ކިބައިން އަޅަމެން ސަލާމަތް ކުރައްވާނދޭވެ. އާމީން.