ގެއްލުންދެނިވި ހަދިޔާރުގެ ހިލަމެއް ނުވެ އިރާޤު ހަނގުރާމަ ނިންމާލައިފިއެވެ.
2003 ވަނަ އަހަރު އެމެރިކާއިން އިރާޤަށް އަރައިގެންފައިވަނީ އިރާޤުގައި 'ގެއްލުން ދެނިވި ހަތިޔާރު' ހުރިކަމަށް ބުނަމުންނެވެ. އެހެނަސް އެމެރިކާއިން އިރާޤުގައި 7 އަހަރުވަންދެން އަތްފުނާއެޅިއިރު އެބުނާ ޒާތުގެ ހަތިޔާރެއް ފެނިފައެއްނުވެއެވެ. ހަތިޔާރު ނުފެނުނުތާގައި އެފަދަ ހަތިޔާރެއް އުފެއްދުމާއި ބެހޭ އެއްވެސް ޕްލޭނެއްހާ ހިސާބު ވަނީ ނުހޯދިފައެވެ. އެމެރިކާގެ މިބޮޑު 'ފްލޮޕް' އާއި އެކުވެސް އެމެރިކާއިން ބުނަމުންދަނީ މިއީ 'ވަރަށް ކާމިޔާބު' ހަނގުރާމައެއް ކަމަށެވެ.
އިރާޤުގައި 7 އަހަރު ދުވަހުގެ ދިގު ހަނގުރާމައަކަށްފަހު އެމެރިކާއިން ހަނގުރާމަ ނިމުނުކަން އިއުލާންކޮށްފައިވާއިރު އިރާޤުގެ އެތެރޭގައި އަދިވެސް ވަނީ ހަމަނުޖެހުމާއި ބޮންގޮއްވުމެވެ. ދޭދޭ މަޒުހަބުތަކުގެ މެދުގައި ތަޅާފޮޅުވަންވަނީ އިންތިހާއަށް ގޮސްފައެވެ. ބައެއް ފަރާތުން އެމެރިކާއިން އިރާޤުގެ ހާލަތު ނުބައިކޮށް ފިލައިގެން ނުދެވޭނެކަމަށާއި އިރާޤުގެ ހާލަތު ރަނގަޅުކޮށްފައިނޫނީ އެމެރިކާއިން އިރާޤުން ނުފޭބުމަށްދަނީ ގޮވާލަމުންނެވެ. އިރާޤުގެ ކުށެއްނެތް އެތައް ރައްޔިތުންގެ ގެދޮރު ހަނގުރާމައިގައި ސުންނާފަތިވެފައިވާއިރު އެމީހުންތިބީ ދިރިއުޅުމުގެ މަގު ބަންދުވެ ހާލުގައިޖެހިފައެވެ.
އެމެރިކާގެ ރައީސް ހަމާކޮށްފައިވާގޮތުގައި،' އެމެރިކާއިން އިރާޤުގައި ކުރި ހަނގުރާމަ ނިމިއްޖެ ކަމަށާއި އެސޮފްހާ މިހާރުވަނީ މާޒީވެފައިކަމަށައި ދިގު މުއްދަތެއްގައި އެމެރިކާ ސިފައިންވަނީ ޢިރާޤުގައި ބޮޑެތި ޤުރުބާނީތަކެއް ވެފައިވާކަމަށެވެ. އެކަމުގެ ސަބަބުން ޢިރާޤާއި އެމެރިކާ މުޅި ދުނިޔެއަށް އެކަމުގެ ފައިދާ ލިބިގެންދާނެ ކަމަށް އޮބާމާ ވަނީ ބުނެފައެވެ. އަދި ޢިރާޤަކީ ފުރިހަމަ މިނިވަންކަމާއި ސިޔާދަތު ލިބިފައިވާ ޤައުމަކަށް ވެގެންދާނެކަމަށާއި ޢިރާޤުން އެމެރިކާ ސިފައިން ފޭބުމަށް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ހުރިހާކަމެއް ކުރިއަށްދާނެކަމަށެވެ.
ބުޝްގެ ރިޔާސަތުގައި ފެށި ހަނގުރާމަ އޮބާމާ ނިންމާލާފައިވަނީ ހަނގުރާމައިގެ މިސްރާބު އޮޅި އެތައް ބަޔަކު ނުހައްޤުގައި މަރުވެ އިރާޤު ސުންނާފަތި ކުރުމަށްފަހުގައެވެ. ހަނގުރާމަ ފެށިއިރު ޤައުމުތަކުން އެކަމާއި އެއްކޮޅަށް ތިބި ނަމަވެސް ހަނގުރާމަ ނިމުނު އިރު އިރާޤު ހަނގުރާމައަކީ އެމެރިކާއިން ހެދި 'ޅަ އެއްޗެއް'ކަމަށް ބުނާ ގައުމުތައް ވަރަށް ގިނައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...