
ލަންކާގައި ހަމަނުޖެހުން ހިނގި މިސްކިތް ކައިރީ ސިފައިން ފޯރިމަރަނީ. ފޮޓޯ: ބީބީސީ
ސިރީލަންކާގެ ޑަމްބުލާ ސިޓީގެ މިސްކިތެއްގައި ހުކުރު ނަމާދު ކުރިޔަނުދީ އެޤައުމުގެ ބުޑިސްޓުން މުޒާހަރާކޮށް އަދި މުސްލިމުން އެތަނުން ފަހާ ބޭރުކޮށްފިއެވެ. މިކަން ހިންގާފައި ވަނީ ޑަމްބުލާގައި މިހާރު ހިންގަމުން ދާ ހަމަނުޖެހުން ތަކަކާއި ގުޅިގެންނެވެ.
2000 ހާ ބުޑިސްޓުން މިސްކިތުގައި ތިބި މުސްލިމުން ބޭރުކޮށް އެތަން ހިޞޯރުކުރުމަށް ފަހު އެތަން ތަޅާ ބިމާ ހަމަ ކުރުމަތް ގޮވާފައިވެއެވެ. މި މީހުންގެ ތެރޭގައި ބުދައް އަޅުކަން ކުރާ ފާދިރީން ވެސް ހިމެނެއެވެ. ބައެއް މިޑިޔާތަކުން ބުނާ ގޮތުގައި މިބައިމީހުން އެތަން ހިޞޯރު ކުރިއިރު އަތަނުގައި އެތެރޭގައި ތާށިވެފައި ބައެއް މުސްލިމުން ތިބިކަމަށާއި އަދި އެ އިމާރާތް ވައްޓާލާފާނެކަމުގެ ބިރުން އެމީހުން ތިބިކަމަށެވެ.
އަދި ރޭގެ ދަންވަރުގެ ވަގުތެއްގައި އެމިސްކިތަށް އަމާޒުކޮށް ބަޑީގެ ހަމަލާ ދީފައި ވާކަމަށައި ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ޚަބަރުތަށް ބުނެއެވެ. ކޮލަަންބޯގައި ހުރި ބީބީސީގެ ރިޕޯޓަރ ޗާލްސް ހަވިލޭންޑް މައުލޫމާތު ދީފައިވާ ގޮތުން މިހަމަނުޖެހުންތަށް އެންމެ ފުރަތަމަ ފެށިފައިވަނީ އެސިޓީ ކައިރީގައިވާ އަވައްޓެރި ސިޓީތަކުގައެވެ. ޑަމްބުލާއަކީ ބުޑިންސްޓުން ގިނަ ސިޓީއެއްކަމުން ފަހަކަށް އައިސް މިސަރަހައްދުގެ ގިނަ ސިޓީތަކެއްގައި ދީނީ އަރާރުން ވަނީ ބޮޑުވެފައެވެ.
މިދިޔަ ސެޕްޓެންބަރ މަހުގެތެރޭގައި ވެސް މުސްލިމުންނަށް ތަފާތު ދުއްތުރާ ތަށް ބުޑިސްޓުންގެ ފަރާތުން ކުރިމަތިކޮށްފައި ވެއެވެ. އެގޮތުން އަނުރާދާޕުރާގައި މުސްލިމުން އަޅުކަން ކުރުމަށް ހަދައިފައިވާ ތަންތަން ވަނީ ތަޅާ ސުންނާފަތި ކޮށްފައެވެ. އަދި މިހާރު ކުރަމުން މިދާ މުޒާހަރާގެ ސަބަބުން އެމިސްކިތުގައި ކުރަން ހަމަޖެހިފައިވާ ހުކުރު ނަމާދުވަނީ ކެންސަލް ކުރެވިފައެވެ.
ސްރީލަންކާގެ އާބާދީގެ ބޮޑުބަޔަކީ ބުދައް އަޅުކަން ކުރާ މީހުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...