ސުމަޓްރާގެ ފަރުބަދައެއް 400 އަހަރަށް ފަހު ގޮވަން އުޅޭކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ.
"މައުންޓް ސިނަބަންގ" ކިޔާ ފަރުބަދައިން އަޅިއާއި ދުން އަރަމުންގޮސް މިހާރު ދުންތައް އަރަމުންދާކަމަށް ހަބަރުތަކުން ބުނެއެވެ. ފަރުބަދަ ގޮވަން ތައްޔާރުވަމުންދާކަމުގެ ނިޝާންތައް ފެންނަމުންދާތީ އެހިސާބުގައި ދިރިއުޅޭ މީހުން އެހެން ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާކަމަށް ހަބަރުތަކުން ބުނެއެވެ.
އިންޑޮނޭޝިޔާގެ ސުމަޓްރާގެ އުތުރު ސަރަހައްދެއްގައިވާ މިފަރުބަދައިން މިހާރު ދިޔާ އަލިފާންވެސް ފައިބަމުންދާކަމަށާއި ކޮންމެ ވަގުތަކުވެސް ގޮވާފާނެކަމަށް ކަމާއިބެހޭ ފަރާތްތަކުންދަނީ ބުނަމުންނެވެ.
އިންޑޮނޭޝިޔާގެ ސުމަޓްރާއަކީ އާދަޔާ ހިލާފަށް ބިންހެލުން ގިނަ ސަރަހައްދެކެވެ. 2004 ވަނަ އަހަރު އެސަރަހައްދަށް އައި ބިންހެލުމެއްގެ ސަބަބުން ސުނާމީއެއް އުފެދި އެތައް ބަޔަކުވަނީ އޭޝިޔާގެ އެކި ކަންކޮޅުން މަރުވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...