އައްޔޫބްގެފާނުގެ ދަރިން ނެތިކުރެއްވުން:
އިބިލީސްއަށް މިކަން ފެނުމުން، ދީއްލިގެން ގޮސް ދެފުށުންއެޅުނެވެ. ދެން އެކަލޭގެ، ﷲ އަށް ދެންނެވިއެވެ. " ތިމަން އައްޔޫބްގެފާނުގެ ހުރިހާ މުދަލެއް ނެތިކޮށްފިމެ، އެހެން ނަމަވެސް އެކަލޭގެފާނު އަދިވެސް ޝުކުރުވެރި ވުމުގައި ސާބިތުވެ އެބަހުއްޓެވެ. އެހެން ނަމަވެސް އެކަލޭގެފާނު ހިތްހަމަނުޖެހުން ފޮރުވަނީއެ، އެއީ އެކަލޭގެފާނުގެ ދަރިން ގިނަކަމުގެ ސަބަބުނެނެވެ. މައިންބަފައިންގެ ހަޤީޤި އިމްތިޙާންވަނީ ދަރިންގެ ތެރެއިންނެވެ. ދެން އެކަލޭގެފާނު އިބައިލާހަށް އުރެދޭތަން އިބައިލާހު ދެކޭނެތެވެ."
އިބިލީހަށް ﷲ އިޛްނަދެއްވިއެ ނަމަވެސް އެކަން އައްޔޫބްގެފާނުގެ އީމާންތެރިކަމާއި އަދި ކިއެއްތަ އެކަލޭގެފާނުގެ ކެއްތެރިކަން ވެސް ދައް ނުކުރާނޭ ކަމުގެ އިންޒާރުވެސްދިނެވެ.
އިބިލީސް އަނެއްކާވެސް އޭނާގެ އެހީތެރިން ޖަމާކުރިއެ އަދި އޭނާގެ ނުބައި އަމަލު ތަންފީޒުކުރިއެވެ. އެކަލޭގެ އައްޔޫބްގެފާނުގެ ދަރިން ދިރިއުޅޭ ގޭ ބިމު އަޑީ ގައި އޮންނަ ފެންގަނޑު ގުޑުވިއެ އަދި އެ އިމާރަތައް ލޮޅުމެއް ފޮނުވައި ހުރިހާ ދަރީން މަރައިލި އެވެ. ދެން އިންސާނެއްގެ ސިފަޖެހި ހަމްދަރުދީ ވާމީހެއްގެ ގޮތުގައި އައްޔޫބްގެފާނު އަރިހަށް ދިޔައެވެ. ހިތްހަމަޖެހޭ ރާގެއްގައި އައްޔޫބްގެފާނަށް ވިދާޅުވިއެ: " ކަލޭގެފާނުގެ ދަރިން މަރުވެ ދިޔައީ ހިތާމަ ކުރުވަނިވި ގޮތަކަށެވެ. ހަމަ ކަށަވަރުންވެސް ކަލޭގެފާނު ވެރިއިލާހު ކަލޭގެފާނުގެ އަޅުކަމަށް އަޖުރުދެއްވަނީ ރަނގަޅަކަށްނޫނެވެ." އިބިލީސް މިހެން ބުނުމަށްފަހު މާޔޫސްކަމާއި އެކު، އައްޔޫބްގެފާނު ﷲ އަށް ނުކިޔަމަންތެރި ވާނެކަމުގެ އުއްމީދުގައި ހުއްޓެވެ.
ނަމަވެސް އިބިލީސް ނިކަމެތި ކުރައްވާ ވިދާޅުވި އެވެ. "ﷲ ބައެއްފަހަރު ދެއްވައެ އަދި އަނެއްބައިފަހަރު ގެންދަވަ އެވެ. އެކަލާނގެ ބައެއްފަހަރު އަހަރުމެންގެ ޢަމަލުތަކަށް ރުހިވޮޑިގަނަވަ އެވެ. އަދިއަނެއްބައި ފަހަރުނުރުންވެވޮޑިގަނަވަ އެވެ. އެއްޗަކީ ތިމަންކަލޭގެފާނަށް ފައިދާހުރި ނުވަތަ ތިމަންކަލޭގެފާނަށް ފައައިދާ ހުރި އެއްޗަކަށް ވީނަމަވެސް، ތިމަންކަލޭގެފާނު އީމާންކަންމަތީ ސާބިތުވާނަމެވެ. އަދި ތިމަންކަލޭގެފާނުގެ ވެރި އިލާހަށް ޝުކުރުވެރި ވުމުގައި ދެމިހުންނާނަމެވެ." ދެން އައްޔޫބްގެފާނު އެކަލޭގެފާނު ވެރި އިލާހަށް ސަޖިދަ ކުރެއެވެ. މިކަމުން އިބިލީސްއަށް ވަރަށް އުނދަގޫވި އެވެ.
އައްޔޫބްގެފާނުގެ ހަށިކޮޅު ބަލިވުން:
އިބިލީސް ﷲ އާއި ދެނެވިއެވެ. " އޭ ތިމަންގެ ވެރި އިލާހެ! އައްޔުބޫގެފާނުފެގެ މުދާ ގެއްލި، އެކަލޭގެފާނުގެ ދަރިންތައް މަރުވެއްޖެއެވެ. އަދި ވެސް އެކަލޭގެފާނު ހުރީ ދުޅަހެޔޮކަންމަތީއެވެ. އެކަލޭގެފާނުގެ ޞިއްހަތު ސަލާމަތުން ހުރިހައި ދުވަހަކު އެކަލޭގެފާނު އިބައިލާހަށް އަޅުކަންކުރުމުގައި ދެމިހުންނާނެއެވެ. އެއީ އެކަލޭގެފާނުގެ މުދާތަކާއި އިތުރު ދަރިން ލިބިދާނެކަމަށްޓަކަ އެވެ. އެކަލޭގެފާނުގެ ހަށިގަނޑަށް ބާރުފޯރުވުމުގެ އިޒުނަ ދެއްވާށެ އޭރުން ތިމަން އެ ބަލިކަށިކޮއްލާނަމެވެ. ދެން ހަމަކަށަވަރުންވެސް އެކަލޭގެފާނު އިބައިލާހަށް އަޅުކަންކުރުން ދޫކޮށް ނުކިޔަމަންތެރިވާނެތެވެ."
ﷲ ބޭނުންވެ ވޮޑިގެންނެވީ އިބިލީހަށް އައްޔޫބްގެފާނަކީ އެކަލޭގެފާނުގެ ވެރި އިލާހަށް ކިޔަމަންތެރި އަޅެއްކަން އަންގައިދީ ރަނގަޅު ފިލާވަޅެއް ދަސްކޮށްދިނުމަށެވެ. އެހެންކަމުން އިބިލޫގެ ތިންވަނަ އިޒުނަދެއްވިއެވެ. ނަމަވެސް ހައްދެއްކަނޑައެޅި އެވެ. " ތިމަން ރަސްކަލާނގެ ކަލޭޔައް އިޒުނަދެއްވީ އެކަލޭގަފާނުގެ ހަށިކޮޅަށެ ނަމަވެސް އެއީ އެކަލޭގެފާނުގެ ފުރާނަފުޅާ، ބުއްދިއާއި ހިތް މެނުވީ އެވެ. އެހެނީ މިތަންތާ ވަނީ ތިމަން ރަސްކަލާނގެ ޢިލްމާއި ތިމަން ރަސްކަލާނގެ ދީނެވެ.
ލިބިގެން މިދިޔަ އައު އިޒުނައާއިއެކު، އިބިލީސް އަޔޫބްގެފާނުގެ ހަށިކޮޅުން ބަދަލުހިފަންފެށިއެ އަދި ތުނި ހަމާއި ކަށްޓައް ވަންދެން އެކަލޭގެފާނުގެ ހަށިކޮޅު ބަލިން ފުރާލި އެވެ. އަދި ރިހުންދެނިވި ވޭން ތަޙައްމަލުކަރަން ޖެޖިވަޑައިގަތެވެ. މިހުރިހާ ކަމެއް ތަޙައްމަލުކުރާ ހާލުވެސް އެކަލޭގެފާނު އީމާންކަންމަތީ ސާބިތުވިއެ، ޝަކުވާކުރުމެއްނެތި މިއުނދަގޫތަކަށް ކެއްތެރިވެވަޑައިގެންނެވި އެވެ. ﷲ ގެ މިތަޤްވާވެރި އަޅާ އެއިލާހައް ފޮރުވިނުގަނެއެ ނުވަތަ އެހެން ފަރާތެއް ކައިރިން މަދަދު ނުދެއެ ނަމަވެސް ކެތްތެރިކަމާއިއެކު ﷲ ގެ ރަޙުމަތަށް އުންމީދުކުރި އެވެ. އެކަލޭގެފާނުގެ ގާތްތިމާގެ މީހުންނާ އަދި އެކަލޭގެފާނުގެ އެކުވެރިން އެކަލޭގެފާނު ދޫކޮށްލެއްވި އެވެ. ހަމައެކަނި އެކަލޭގެފާނާއި އެކުހުންނެވީ އޯގާތެރި، ލޯބިވާ އަނބިކަނބަލުންނެވެ. އެކަލޭގެފާނު އެހީތެރިކަން ބޭނުންވި ވަގުތު އެކަނބުލޭގެ އެކަލޭގެފާނަށް އޯގާތެރިވެ ވަޑައިގެން އެކަލޭގެފާނަށް އެހީތެރިވެލެއްވި އެވެ. ވޭނުގައި ހޭދަކުރެއްވި އަހަރުތަކުގައި އެކަލޭގަފާނު ހިތްހަމަޖައްސައިދޭ ހަމައެކަނި ބައިވެރިއަކީ އެކަނބުލޭގެ އެވެ. (ނުނިމޭ)
މަސްދަރު: قصص الأنبياء
މާޝާﷲ… ވަރަށް އިބުރަތްތެރި.. ތިންވަނަ ބަޔަށް އިންތިޒާރު ކުރަން…
މި ލޔުން ވަރަށް ރަނގަޅު. އެކަމަކު މި ލިޔުމުގައި ވަރަށް ކުށް ގިނަކަން ފާހަގަކުރެވޭ.
ތިފަދަ އިބްރަތްތެރި ވާހަކަތަކުން މީސްތަކުންގެ އީމާންތެރިކަން ގަދަވެގެން ދާނެކަން ގައިމެވެ.މިޒަމާންނުގައި ހިގާފައިވާ ކަންތައްތައް ހިމަނާލުން ފެނެއެވެ.
ބައެއް ޖުމްލަތައް ނިންމުމުގައި “އެވެ. މެވެ” ނުލިޔެ ހުރިކަން ފާހަނގަ ކުރެވޭ. ލިޔުން ވަރަށް ރަނގަޅު މާޝާ ﷲ..އަނެއް ބަޔަށް އިންތިޒާރު ކުރަން