ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވަނީ ރައްޔިތުންގެ ސާފު އަޣުލަބިއްޔަތާއި އިތުބާރާ އެކީކަމަށް ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ތ އަތޮޅު ވިލުފުށީ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ ދައުރު ފުރިހަމަ ކުރެއްވުމަށް ސާބިތުކަމާއިއެކު އެމަނިކުފާނު ދެމި ހުންނެވިކަމަށާއި ވެރިކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުމާއި އެކުގައިކަމަށެވެ.
އަދި ވެރިކަމާއި ހަވާލުވެ ވަޑައިގެންފައިވަނީ ރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުގެ މަތީންކަމަށާއި، ވެރިކަމުގެ މިދައުރު ހަމަކުރުމުގައި ދިމާވާ ކޮންމެ ގޮންޖެހުމެއް ގިރާކުރައްވައި ރިޔާސީ ދައުރު ފުރިހަމަ ވަންދެން ވެރިކަމުގައި ދެމިހުންނަވާނޭކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގުތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކޮންމެ ޤުރުބާނީއެއްވެސް ވާން ތައްޔާރަށް އޮތްކަމަށް ވިލުފުށީ ރައްޔިތުންނާއި މުހާތަބު ކުރައްވަމުން ރަައީސް ވިދާޅުވިއެވެ.
ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ހާލުއަހުވާލު ބައްލަވައި ލެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ތަކުގައި ވިލުފުށީގެ އިތުރުން އެ އަތޮޅުގެ އެހެން ރަށްތަަކަށްވެސް ރައީސް ވަނީ ވަޑައިގަންފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...